Advertisement

02 Jan 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ބައިނަލްއަގްވާމީ ދެ މާހިރުން މަސައްކަތް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކެމްޕެއިން ކުރެއްވެވިއިރު، އެ މަނިކުފާނު ރައްޔިތުންނަށް ވެ ވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ވެ ވަޑައިގެންނެވި ވައުދުފުޅެކެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ، އެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫންކަމާއި، އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ.

އެގޮތުން، 31 ޑިސެމްބަރ 2023 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަ ކުރެވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ، އެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާ ކުރައްވާފައެވެ.

އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަމާއި، އެ ކޮމެޓީގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާއި، ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ބައިވެރިވުން ހިމެނޭކަމަށް ނާޒިމް ފާހަގަ ކުރެއްވެވިއެވެ. މި ކޮމެޓީ ލީޑު ކުރާނީ އެޓާނީ ޖެނެރަލް އޮފީހުން ކަނޑައަޅުއްވާފައިވާ ފަރާތަކުންނެވެ.

އަދި މި މައްސަލަ ކާމިޔާބުކުރުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ދެ މާހިރަކު އައްޔަންކޮށްފައިވާކަމަށް މިއަދުގެ ޕްރެސްގައި ނާޒިމް ވިދާޅުވިއެވެ. އެގޮތުން، މި މައްސަލައިގައި ދިވެހި ދައުލަތާއެކު މަސައްކަތް ކުރައްވާނީ، ޔޫކޭގެ ކިންގްސް ކައުންސިލްގެ ބޭފުޅަކާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރ އެކެވެ.

މީގެ އިތުރުން، މޯލްޓާގެ ޕްރޮފެސަރ މި މަހު ރާއްޖެ ވަޑައިގަންނަވާ، އެ ބޭފުޅާ މި މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް، މި މަހުގެ މެދުތެރޭގައި ކެބިނެޓަށް ހުށަހަޅުއްވާނެކަމަށް ފާހަގަ ކުރެއްވެވިއެވެ. އަދި ޔޫކޭގެ ކިންގްސް ކައުންސިލްގެ ރިޕޯޓު ލިބޭނީ މި އަންނަ ފެބުރުވަރީ މަހުކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް

މި ރިޕޯޓުތަކަށް ރިއާޔަތްކޮށް، މި މައްސަލައިގެ ފައިނަލް ރިޕޯޓެއް ކެބިނެޓަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ފެބުރުވަރީ މަހުއެވެ.

އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަރުންނަކީ، ވަކި ޝަރުތުތަކެއް ފުރިހަމަވުމުން، އެގައުމުގެ ރަސްގެފާނު ކަނޑައަޅާ ވަކި ދަރަޖައެއްގެ ގާނޫނީ ލަފާދޭ ބައެކެވެ. އާންމު ގޮތެއްގައި މި ބޭފުޅުން މަސައްކަތް ކުރައްވާނީ، ބޮޑެތި އަދި އުނދަގޫ ގާނޫނީ މައްސަލަތަކުގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.