Advertisement

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް --

02 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަނެއްކާވެސް ބަދަލުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުކަމުގައި ސަރުކާރުން ހާމަކުރަމުން އަންނަ އަދަދު އަނެއްކާވެސް ބަދަލުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތ ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އެއޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބީ 88 އިންޑިއާ ސިފައިން ކަމަށެވެ.

އަދި އިންޑިއާ ސިފައިން ފޮނުވާލުމާއި ގުޅޭ ގޮތުން ކުރެވެމުން އަންނަކަންކަމުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާއި ޙިއްޞާކުރެއްވި ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ސަރުކާރުން ހާމަކުރީ، ރާއްޖޭގައި ތިބީ 79 އިންޑިއާ ސިފައިން ކަމަށެވެ. އޭގެ ފަހުން ރާއްޖޭގައި ތިބީ 89 އިންޑިއާ ސިފައިންކަމުގައި ސަރުކާރުން ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ކަމުގެ މަޤާމުން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވަކިކުރެއްވި މުޙައްމަދު ޝަހީބު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކަށަވަރު އަދަދެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 88 ކަމުގައި ނާޒިމް ވިދާޅުވުން ކުރިން ސަރުކާރުން ހާމަކުރި އަދަދަށްވުރެ އެކަކު މަދުވީ ކީއްވެތޯ ނޫސްވެރިން ދެންނެވި ސުވާލަށް ނާޒިމް ސާފު ޖަވާބެއް ނުދެއްވައެވެ. އަދި ރާއްޖޭގައި ތިބި އިނޑިއާ ސިފައިން މިހާރު ކުރަމުން އަންނަނީ ކޮންކަމެއްތޯ ސުވާލުކުރެއްވުމުން އެސުވާލަށްވެސް ނާޒިމް ޖަވާބެއް ނުދެއްވައެވެ.

ރާއްޖޭގައި ތިބި އިންޑިއާސިފައިން އަނބުރާ އެޤައުމަށް ފޮނުވާ ލެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.