Advertisement

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް --

02 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ގޯތިދޭން ކުރީ ސަރުކާރުން ހިއްކި ބިމުން އާކުންފުންޏަށް 100 ހެކްޓަރުގެ ބިމެއްދޭން ނިންމަވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ސަރުކާރުން އަލަށް އުފެއްދުވުމަށް ނިންމެވި ކުންފުންޏަށް، ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް އަލަށް ހިއްކި ބިންތަކުން 100 ހެކްޓަރުގެ ބިން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތ ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އެއޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އެކުންފުންޏާށް ބިންކަނޑައެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ. މިގޮތުން އެކުންފުންޏަށް ބިންދެއްވާނީ، ތިލަފުށިން ނުވަތަ ގިރާވަރުފަޅުން ކަމުގައި ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެކުންފުންޏަށް މަދުވެގެން 100 ހެކްޓަރުގެ ބިމެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން އުތުރު ތިލަފަޅުންވެސް އެކުންފުންޏަށް ބިން ހަމަޖެއްސުމަށް ނިންމަވާފައިވާކަންވެސް ނާޒިމް ހާމަކުރެއްވިއެވެ.

"މި ކުންފުނީގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކައި، ތިލަފުއްޓާއި ގިރާވަރުފަޅު ބެއްލެވުމަށްފަހު، އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން، ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި. ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް، އުތުރުތިލަފަޅުން ބިންކަނޑައަޅައި، އެކަމަށް އިންވެސްޓްމެންޓް ހޯދައި، އެއިންވެސްޓެމްނެޓްގެ މެޖަރ ޝެއާ ހޯޅްޑަރުންގެ ގޮތުގައި، މިއުފައްދާ ކުންފުނި ހަމަޖެއްސުން. ކުންފުނި އުފެއްދެވުމަށްފަހު، ބޭނުންވާނަމަ ސްޓެރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން، ނުވަތަ އެނޫން މޮޑެލަކުން އިތުރު އިންވެސްޓްމެންޓަށް ފުރުޞަތު ހޯދައި ދިނުމަށް ކަންކަން ތަރުތީބު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައި."

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް --

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ އަލަށް އުފައްދާ މިކުންފުންޏަކީ، އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރެއްވުމަށްޓަކައި، ވިޔަފާރީގެ ހަރަކާތްތައް ފުޅާކޮށް، އިޤުތިޞާދު ސިންދަފާތު ކުރެއްވުމަށް، ރާއްޖެއާއި ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް އަދި ޕްރޮސެސިންގެ މަސައްކަތްތައް ހިންގުމުގެ މަޤުޞަދުގައި އުފައްދަވާ ކުންފުންޏެއް ކަމުަގައިވެސް ނާޒިމް ވިދާޅުވިއެވެ.

އަދި ކުރީސަރުކާރުގައި ގޯތި ދިނުމަށް ހިއްކި ބިންތަކުން އެކުންފުންޏަށް ބިން ކަނޑައެޅިނަމަވެސް ކުރީ ސަރުކާރުގައި އެބިންތަކުން ދޫކުރައްވާފައިވާ ގޯތިތައް އެހެންތަންތަނަށް ބަދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމުަގައިވެސް ނާޒިމް ވިދާޅުވިއެވެ.

އުތުރު ތިލަފަށާއި ފުށިދިއްގަރުފަޅުން ހިއްކުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ބިމަށްވުރެ އިތުރަށް ބިން ހިއްކަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.