Advertisement

2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ގެއްލުން ބޮޑު ސުނާމީ ހާދިސާގެ ތެެރެއިން --

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޖަޕާނަށް ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ޔޫއެސްޖިއޮލޮޖިކަލްސާރވޭ އިން ބުނީ، ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ރިކްޓަރ ސްކޭލްއިން 7.5 މެގްނިޓިޓީއުޑްގައި ކަމަށެވެ. އެހެން ނަމަވެސް ބިންހެލުމުގެ ބާރުމިން އެއަށްވުރެވެސް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބިންހެލުމަށްފަހުވެސް އެސަރަހައްދަށް ދަނީ ބާރުގަދަ ލޮޅުންތައް އަރަމުން ކަމުގައި ޔޫއެސްޖިއޮލޮޖިކަލްސާރވޭއިން ވަނީ ބުނެފައެވެ.

މިބިންހެލުން އައިސްފައި ވަނީ، ޖަޕާނުގެ ގަޑިން ހެނދުނު 11:10ގައި، ރާއްޖޭގަޑިން މެންދުރު 12:10 ގައެވެ. ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ ރަށެއް ކަމުގައިވާ، އަނަމިޒޫގެ އިރު އުތުރުން 42 ކިލޯމީޓަރު ދުރަށެވެ. 

ޖަޕާނުގެ ހުޅަނގު އައްސޭރިއަށް އައި މި ބާރުގަދަ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި ލިބުނު ގެއްލުންތަކެއް އަދި ނޭނގެއެވެ. އެހެންނަވެސް 7.5ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކަށް ފަހު، 5.0އަށް ވުރެ ބާރުގަދަ ހަތަރުލޮޅުން މިހާރުވެސް ވަނީ އަރާފައެވެ.

2011 ވަނަ އަހަރުގެ މާރިޗުމަހު، ޖަޕާނަށް 8.0ގެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޖަޕާނަކީ އެގައުމު އޮންނަ ޖޯގްރަފިކަލް ތަނުގެ ގޮތުން އަބަދުވެސް ބާރުގަދަ ބިންހެލުންތަކާއި ސުނާމީތަކާއި ކުރިމަތިލާންޖެހޭ ޤަައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.