Advertisement

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި ---

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސަރަހައްދު ފެންބޮޑުކޮށްލި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށް!

އިއްޔެއާ އޭގެ ކުރީ ދުވަހު، މާލެ ސަރަހައްދަށް ކުރި ބޯވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ، ހުޅުލެއަށް ކަމުގައި، މޯލްޑިވްސް މީޓިއޮރިލޮޖިކަލް ސަރވިސް އިން ހާމަކުރައްވައިފިއެވެ.

މޫސުމާއި ބެހޭ އިދާރާއި ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 24 ގަޑިއރުގެ ތެރޭގައި އެންމެ ގިނައިން އިއްޔެ ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް އިއްޔެގެ ހެނދުނު 8އިން މެންދުރު ފަހު، 2 ޖެހުމާއި ހަމައަށްވެސް ހަގަޑިއިރުގެ ތެރޭގައި، 95.5 މިލިލީޓަރުގެ ވާރޭވެހުނެވެ. އަދި 24 ގަޑިއރުގެ ތެރޭގައި، 179.7 މިލިލީޓަރުގެ ވާރޭ ހުޅުލެއަށް ވަނީ ވެހިފައެވެ.

އިއްޔެ ހުޅުލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފްލައިޓްތައް ޑިލޭވެ އެމްއޭސީއެލްއިން ފްލައިޓްތަކަށް ޚިދުމަތް ދިނުމުގައިވެސް ދަތިތަކާއި ކުރިމަތިވިއެވެ. އަދި ހުޅުލެއަށް ނުޖެއްސިގެން ބައެއް ފްލައިޓްތައް ކޮލަމްބޯއަށް ޑައިވާޓްވެސް ކުރަންޖެހުނުކަމުގައި އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

ދެވަނައަށް މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނު އިރު، އިއްޔެގެ ހެނދުނު 8އިން މެންދުރު ފަހު، 2 ޖެހުމާއި ހަމައަށް ހަގަޑިއިރުގެ ތެރޭގައި މާލެއަށްވެސް ، 69.6 މިލިލީޓަރުގެ ވާރޭވެހުނެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި، މާލެއަށް 118.2 މިލިލީޓަރުގެ ވާރޭ ވެހުނު އިރު، މުޅިމާލޭގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ބައެއް ގޭގޭގައި މީހުންނަށް ދިރިއުޅެވޭވަރު ނުވުމުގެ ސަބަބުން ވަނީ، ވަގުތީ ހިޔާތަކަށް ބަދަަލުކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިިނައިން އިއްޔެ ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައި ވަނީ، ބ. ގޮއިދޫއަށެވެ. އެރަށަށް 105.6 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.