Advertisement

ސްޕިރިޓް އެއާލައިންގެ ފްލައިޓެއް، ފޮޓޯ: ސޯޝަލް މީޑިއާ

30 Dec 2023
ދުނިޔެ

އެކަނި ދަތުރުކުރި 6 އަހަރުގެ ކުޑަކުއްޖަކު ނުބައި ފްލައިޓަކަށް ބޯޑު ކުރެވިއްޖެ

މި މަހުގެ 21 ވަނަ ދުވަހު އެމެރިކާގެ ފިލަޑެލްފިއާ އިންޓަނޭޝަނަލް އެއާޕޯޓުން، އެ ގައުމުގެ ފޯޓް މަޔާސް، ފްލޮރިޑާއަށް އޭނާގެ މާމަގެ ކައިރިޔަށް ދަތުރުކުރަން އުޅުނު 6 އަހަރުގެ ކުޑަކުއްޖަކު، ނުބައި ފްލައިޓަކަށް ބޯޑު ކުރެވިގެން އޯލަންޑޯއަށް ފޮނުވާލެވިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސްޕިރިޓް އެއާލައިންގެ މުވައްޒަފަކަށް ހެދުނު ގޯހަކުންކަމަށް އެ އެއާލައިނުންވަނީ އެއްބަސްވެފައެވެ.

މިކަމާ ގުޅިގެން އެ އެއާލައިނުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، މުޅި ދަތުރުގައިވެސް އެ ކުއޖާ ހުރީ އެ އެއާލައިންގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ކަމަށާއި، އޭނާ ނުބައި ފްލައިޓަކަށް ބޯޑު ކުރެވުނުކަން އެނގުނު ހިސާބުން ފެށިގެން އޭނާގެ އާއިލާއަށް އެކަން އަންގާފައިވާނޭކަމަށެވެ.

ނުބައި ފްލައިޓަށް ބޯޑު ކުރެވުނު ކުޑަ ކުއްޖާ

އެމެރިކާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ކުޑަކުއްޖާގެ މާމަ މާރިއާ ރާމޯސް ބުނީ، ފޯޓް މަޔާސްއަށް ޖެއްސި ފްލައިޓުގައި އޭނާގެ މާމަ ދަރި ނެތުމުން ވަރަށް ހާސްވިކަމަށެވެ. ނަމަވެސް އޯލަންޑޯއަށް ޖެއްސުމަށްފަހު ކުޑަ ކުއްޖާ ގުޅިކަމަށް ބުންޏެވެ. އަދި މިހެން ކަންތައް ދިމާވުމުން، ފޯޓް މަޔޭސްއާ 160 މޭލު ދުރުގައި އޮންނަ އޯލަނޑޯއަށް، މާމަދަރިފުޅު ބަލާ ދިޔައީކަމަށް މާރިޔާ ބުންޏެވެ.

މާރިޔާ އިތުރަށް ބުނެފައިވާ ގޮތުގައި އެއާލައިނުންވަނީ ދަރިފުޅު ބަލާ އޯލަންޑޯއަށް ދިޔަ ދަތުރުގެ ހަރަދު ހަމަޖައްސައިދީފައެވެ.

މި މައްސަލަ ބެލުމަށްފަހު ސްޕިރިޓް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިގުމުގައި އިހުމާލުވި މުވައްޒަފު މިހާރު ވަނީ އެ އެއާލައިނުން ވަކިކޮށްފައިކަމަށެވެ.

ސްޕިރިޓް އެއާލައިނަކީ އެކަނި ދަތުރުކުރާ 5 އަހަރާއި 14 އަހަރުގެ ކުޑަކުދިން ވެސް އުފުލައިދޭ އެއާލައިނެކެވެ. އަދި މުޅި ދަތުރުގައި ވެސް އެއާލައިނުން އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދީ، ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާފައިއޮވެއެވެ. ނަމަވެސް ކުޑަކުއްޖަކަށް އެކަނި ދަތުރު ކުރެވޭނީ އެ އުސޫލު ބުނާގޮތުން ގައުމުތެރޭގައި އެކަންޏެވެ. އެހެން ގައުމަކަށް ދަތުރެއް ނުކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.