Advertisement

ގަލޮޅު ދަނޑު މަތިން، ފޮޓޯ: ފްލައިން ބާލިދީ (އިންސްޓަގްރާމް)

28 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގަލޮޅު ދަނޑު ހެދުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް މި ސަރުކާރުން މިހާރު ގެންދަނީ ކުރަމުން: ސްޕޯކްސްޕާސަން

ގަލޮޅު ދަނޑު ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ގެންގުޅޭކަމާއި، މިހާރު ކުރިޔަށް ދަނީ އެކަމާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތްތައް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ޝަހީބު އިތުރަށް ވިދާޅުވީ، ރަސްމީ ދަނޑު ހިމެނޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ސަރަހައްދެއްކަމުން، ގަލޮޅު ދަނޑު މިހާރު ހުރި ސަރަހައްދަކީ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް ހެދުމަށް އެކަށޭނެ ސަރަހައްދެއްތޯ ބެލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.

"ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ ކުރީގައި ކަމާބެހޭ ދިރާސާތަކެއް، ކަމާބެހޭ މިނިސްޓްރީއިން ކުރައްވަމުން ގެންދަވާނެ. އަދި ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ސަރަހައްދެއްކަމުން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ވެސް މިކަމާ ގުޅޭ ގޮތުން (ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދަކީ މިކަމަށް އެންމެ އެކަށޭނަ ސަރަހައްދުތޯ ބެލުމަށް) ސުވާލުކުރާނެ"، ޝަހީބު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދިރާސާތައް ނިމޭއިރު، ގަލޮޅު ދަނޑު އެޅުމަށް އެންމެ އެކަށީގެންވަނީ އެ އިމާރާތް މިހާރު ހުރި ބިންތޯ، ނުވަތަ ޖާގައިގެ ގޮތުން ތަނަވެސް އައު ބިމެއްތޯ އެނގިގެންދާނެކަމަށް ޝަހީބު އިޝާރާތްކުރެއްވެވިއެވެ. އަދި ކަމާގުޅުންހުރި މިނިސްޓްރީތަކުން އެކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށްފަހު، މި މައުޞޫއާ ގުޅޭ އިތުރު ތަފްސީލު ދެއްވާނެކަމުގައި ވެސް ޝަހީބު ވިދާޅުވިއެވެ.

ގަލޮޅު ދަނޑަކީ ގިނަ ދުވަސްތަކެއްވެފައިވާ އިމާރާތެއްކަމުން، އެ ތަނަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވެއެވެ. މިތަން ތަރައްޤީކުރުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ހުރި ދުވަސްވީ ދަނޑު އެއްކޮށް ތަޅާލުމަށްފަހު އެތަނުގައި އެންމެފަހުގެ ޒަމާނީ ފުޓުބޯޅަ ސްޓޭޑިއަމެއް ތަރައްޤީކުރައްވާނެކަމަށް އިއުލާންކުރެއްވިއެވެ.

ގަލޮޅު ދަނޑު ތަރައްގީކުރެވިގެންދާނެ ގޮތުގެ 3ޑީ ކުރެހުމެއް

އެ މަސައްކަތް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އޭރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް އައު ގަލޮޅު ދަނޑުގެ 3D ކުރެހުންތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވިއެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން، ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާ ގަލޮޅު ދަނޑު ތަރައްޤީކުރުމަށް ހިމަނާފައިއޮތެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައިއޮތެވެ.

ގަލޮޅު ދަނޑު ތަރައްގީކުރެވިގެންދާނެ ގޮތުގެ 3ޑީ ކުރެހުމެއް

ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ނިމުމަކަށް އައިއިރުވެސް ގަލޮޅު ދަނޑުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.