Advertisement

މެންޗެސްޓަރ ސިޓީއިން އުފާފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ

23 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މެންޗެސްޓަރ ސިޓީއިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ފީފާ ކްލަބް ވޯލްޑް ކަޕް ސައުދީ އަރަބިޔާ 2023 ގެ ޗެމްޕިއަންކަން އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. މިއީ އެ ކްލަބުން މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. މި ކާމިޔާބީއާއެކީ މުބާރާތުގައި ވާދަކޮށްފައިވާ އިނގިރޭސި ކްލަބުތަކުގެ ތެރެއިން، މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި އިނގިރޭސި ކްލަބަކަށް ވެގެން ގޮސްފައި މިވަނީ މެންސިޓީއެވެ.

ޖިއްދާގައި މެންސިޓީ އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލުމިނެންސް ބައްދަލުކުރި ފައިނަލް މެންސިޓީއިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4-0 އިން ފްލުމިނެންސް ބަލިކޮށްގެންނެވެ. މިދިޔަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މެންސިޓީގެ ޖޫލިއަން އަލްވަރޭޒް ވަނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއްދައްކާފައެވެ.

މެންސިޓީގެ ފުރަތަމަ ގޯލަކީ މިހާތަނަށް ކްލަބް ވޯލްޑް ކަޕްގައި ފެނިގެން ދިޔަ އެންމެ އަވަސް ގޯލެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ގޯލު ކާމިޔާބު ކޯށްދިނީ އަލްވަރޭޒްއެވެ. ނަތަނިއަލް އާކޭ ފޮނުވާލި ހިލޭޖެހުން ފްލުމިނެންސް ކީޕަރ، ފެބިއޯ އިނގިލި ކުރިން ބުރުވާލިއިރު، ގޯލު ދަނޑި ކައިރީގައި ހުރި އަލްވަރޭޒް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ މެއިންނެވެ.

މެންސިޓީއިން ލީޑު ފުޅާކުރީ މެޗުގެ 27 ވަނަ މިނެޓުގައި ފްލުމިނެންސްގެ ޑިފެންޑަރ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އަދި މެންސިޓީގެ ތިން ވަނަ ގޯލު ފިލް ފޮޑަން ކާމިޔާބުކުރިއިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މެންސިޓީގެ ފަހު ގޯލު ވެސް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އަލްވަރޭޒްއެވެ.

މި ތައްޓާއެކީ މެންސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިވަނީ ކްލަބް ވޯލްޑް ކަޕްގެ 4 ތަށި ހޯދާފައެވެ. މިއީ ރެކޯޑެކެވެ. ދެން މި ތަށި އެންމެ ގިނައިން ހޯދާފައިވާ ކޯޗަކީ ކާލޯ އެންޗެލޮޓީއެވެ. އެންޗެލޮޓީ ރެއާލް މެޑްރިޑާއެކު މި މުބާރާތް 3 ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ފީފާ ކްލަބް ވޯލްޑްގެ އެންމެ މޮޅު 3 ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެންސިޓީގެ ރޮޑްރީއެވެ. އޭނާވަނީ އެޑިޑާސް ގޯލްޑަން ބޯލް އެވޯޑް ހާސިލްކޮށްފައެވެ. އަދި ސިލްވަރ ބޯލް ހަމަ އެ ޓީމުގެ ކައިލް ވޯކާ ހޯދިއިރު، ބްރޯންޒް ބޯލް ހޯދާފައިވަނީ ފްލުމިނެންސްގެ ޖޯން އެރިއަސްއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ސައުދީގެ އަލް އިއްތިހާދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.