Advertisement

22 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުރުސަތުގެ ބޭނުން ހިފައި މެޑްރިޑް އަނެއްކާވެސް ލީގު އެއްވަނައަށް

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރިއަލް ބެޓިސް އާއި ޖިރޯނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޖިރޯނާއަށް ހޯދެން އޮތް 2 ޕޮއިންޓު ބީވުމުން، މި މަންޒަރު ޝައުގުވެރިކަމާއެކު ބަލަން ތިބި ރެއާލް މެޑްރިޑުން ނިކުތީ ޑިޕޯޓިވޯ އަލަވޭޒް ބަލިކޮށް، ލީގު ތާވަލުގައި ޖިރޯނާގެ މައްޗަށް ކުރި ހޯދުމަށެވެ. ނަމަވެސް މާ މޮޅު އެޓޭކިންގ ކުޅުމެއް ނުދެއްކުނު މެޑްރިޑަށް 3 ޕޮއިންޓު ހޯދޭވަރުވީ ހަމަކިރިޔާއެވެ.

މެޑްރިޑަށް ޑިޕޯޓިވޯ އަލަވޭޒް ބަލިކުރެވުނީ، މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ރައިޓް-ބެކް ލޫކަސް ވަޒްކޭޒް ކާމިޔާބު ކުރި ގޯލަކުންނެވެ. މެޑްރިޑަށް ލިބުނު ކޯނަރު ނެގިއިރު އަލާވޭޒްގެ އޭރިޔާ ތެރޭގައި މާކް ނުކޮށް ހުރި ވަޒްކޭޒް ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ. މި މެޗުގައި މެޑްރިޑަށް 7 ޝޮޓު ގޯލަށް ފޮނުވާލެވުނުއިރު، އަމާޒު ކުރެވުނީ 4 ޝޮޓެވެ. 

ރިއަލް ބެޓިސްއާ ޖިރޯނާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި ފުރަގަމަ ލީޑުނެގީ ޖިރޯނާއިންނެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑޮވްބީކް ކާމިޔާބު ކުރި ގޯލެކެވެ. ބެޓިސްއިން މެޗު ހަމަހަމަކުރީ މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށެވެ.

މި ނަތީޖާތަކާއެކީ މެޑްރިޑަށާއި ޖިރޯނާއަށް ވެސް ލިބިފައިވަނީ ޖުމްލަ 45 ޕޮއިންޓެވެ. އެއީ ދެ ޓީމުންވެސް 18 މެޗު ކުޅެގެނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.