Advertisement

ރަފިއަލް ވެރޭން

21 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެރޭން އަނބުރާ ގެންދިއުމުގެ ވިސްނުން މެޑްރިޑުން ގެންގުޅޭ

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި އިނގިރޭސިވިލާތުގެ މެންޗެންޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަފެއަލް ވެރޭން އަނބުރާ އޭނާގެ ކުރީގެ ކްލަބް، ރިއަލް މެޑްރިޑަށް ގެންދަން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ އިތުރު ޑިފެންޑަރެއް ހޯދަން ބޭނުންވަނީ އެ ޓީމުގެ ޑިފެންޑަރ ޑޭވިޑް އަލާބާގެ ކަކުލަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހުމާ ގުޅިގެންނެވެ. އެގޮތުން މެޑްރިޑްގައި ހަމައެކަނި މިހާރުތިބި ސެންޓްރަލް ޑިފެންޑަރުންނަކީ ރުޑީގާ އާއި ނާޗޯއެވެ. އެހެންކަމުން އިތުރު ޑިފެންޑަރަކަށް އަނިޔާވުމަކީ މެޑްރިޑަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

2011 ވަނަ އަހަރު ފްރާންސްގެ ލެންސްއިން ރެއާލް މެޑްރިޑަށް ބަދަލުވި ވެރޭންވަނީ މެޑްރިޑަށް 360 މެޗު ކުޅެދީ، ޑިފެންޑަރެއްގެ ގޮތުގައި 17 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އެ ކްލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ 3 ތައްޓާއި، ޗެމްޕިއަންސް ލީގުގެ 4 ތަށި ވެސް ކާމިޔާބުކޮށްފައެވެ.

މެޑްރިޑާއެކު ސްޕެނިޝް ލީގުގައި 10 ސީޒަން ކުޅުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑަށް އޭނާ ބަދަލުވީ ޖުލައި 2021 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.