Advertisement

ހޯމްމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

20 Dec 2023
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ޢަލީ ސުލައިމާން

މިސަރުކާރުން މަރުގެ ހުުމް ތަންފީޒް ކުރާނެ ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

މިސަރުކާރުން މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަމުގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު އިސްކަންދަރު ކޮށީފައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، މިސަރުކާރަކީ، މަރުގެ ހުކުމް ތަންފީޒް ކުރުމަށް ނިންމާފައި އޮތް ސަރުކާރެއް ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާއިދުގެ ތެރޭގައި ކުރާނެ ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފިޒް ކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން ލީތަލް އިންޖެކްޝަނެއް ޖަހައިގެން މަރުގެ ޙުކުމް ތަންފީޒްކުރުމަށް އެކަމަށް ޚާއްސަ ކޮޓަރިއާ އެނދުވެސް މާފުށީ ޖަލުގައި ޤާއިމްކުރިއެވެ. އެހެންނަމަވެސް ރައީސް ޔާމީނުގެ ސަރުކާރު ނިމިގެން ދިޔައިރުވެސް ރާއްޖޭގައި އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.

މަރުގެ ހުކުމް ތަންފީޒް ކުރެވޭނީ ޝަރުޢީ ތިން މަރުޙަލާ ނިމިފައިވާ މީހުންގެ މައްޗަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ސްކްރީމްކޯޓުން މަރުގެ ޙުކުމް ދަމަހައްޓާފައިވާ 4 މީހަކު މާފުށީ ޖަލުގައި ބަންދުކޮށްފައި އެބަތިބެވެ.

ރާއްޖޭގައި އެންމެ ފަހުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، ޙުކުމް ތަންފީޒްކޮށްފައި ވަނީ، 7 އޭޕްރީލް 1953 ގައެވެ. އެފަހަރު މަރުގެ ހުކުމް ތަންފީޒްކޮށްފައި ވަނީ ހުވަދު އަތޮޅު އަތޮޅުވެރިޔާ މަރާލުމުގެ ކުށުގައި ނިލަންދޫ ޙަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް މަރުގެހުކުމް ތަންފީޒްކުރީ ބަޑިޖަހައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.