Advertisement

20 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކްލަބް ވޯލްޑް ކަޕް ފައިނަލަށް މެންސިޓީ އާއި ބްރެޒިލްގެ ފްލުމިނެންސް

ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ސެމީފައިނަލް ދެވަނަ މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރީ، 2022/23 ގެ ޗެމްޕިއަންސްލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތަށް ދަތުރުކުރި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި 2022 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މުބާރާތަށް ކޮލިފައިވި ޖަޕާންގެ އުރާވާ ރެޑްސްއެވެ.

ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު 3-0 އިން ކާމިޔާބުކޮށް، ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ މެންސިޓީއެވެ. މިއީ މެންސިޓީއިން ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މެންސިޓީއިން އުރާވާ ރެޑްކް ކޮޅަށް ކާމިޔާބުކުރި ފުރަތަމަ ގޯލަކީ އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އެ ގޯލު ފެނިގެން ދިޔައީ ވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތު ކުޅެނިކޮށެވެ. މެންސިޓީގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗްއާއި ބަނާޑޯ ސިލްވާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެންސިޓީގެ ރޮޑްރީއެވެ.

މެންސިޓީއާ ދެކޮޅަށް ފައިނަލްގައި ކުޅޭ ފްލުމިނެންސް އެފްސީ ފައިނަލަށް ދަތުރުކުރީ ސެމީގައި މިސްރުގެ އަލް އަހްލީ 2-0 އިން ބަލިކޮށްފައެވެ. ބްރެޒިލްއަށް ނިސްބަތްވާ ފްލުމިނެންސް މުބާރާތަށް ކޮލިފައިވީ ކޮންމެބޮލް ލިބަޓަޑޯސް، ނުވަތަ ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި އަލް އަހްލީ ކޮލިފައިވީ ކަފް ޗެމްޕިއަންސް ނުވަތަ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތަގައެވެ.

މި އަހަރުގެ ކްލަބް ވޯލްޑްކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ ވާ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނީ ފައިނަލް މެޗުގެ ކުރިންނެވެ.

މި އަހަރުގެ މުބާރާތް މެންސިޓީއިން ކާމިޔާބުކުރުން ވާނީ ތާރީހީ ކަމަކަށެވެ. އެއީ 2000 ވަނަ އަހަރު މި މުބާރާތް ކުޅެން ފެށި ފަހުން މުބާރާތުގައި ވާދަކޮށްފައިވާ އެއްވެސް އިނގިރޭސި ކްލަބަކަށް، އެ ކްލަބުގެ ފުރަތަމަ ކްލަބް ވޯލްޑް ކަޕް މީގެ ކުރިން ކާމިޔާބުކުރެވިފައި ނުވާތީއެވެ. އެހެންކަމުން މެންސިޓީއަށް މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމު ވެގެންދާނީ ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކޮށް، މުބާރާތް ކާމިޔާބުކުރާ ފުރަތަމަ އިނގިރޭސި ކްލަބަށެވެ.

މީގެ އިތުރުން މެންސިޓީއަށް ކާމިޔާބު ލިބިއްޖެނަމަ، މި ތަށި ވެގެން ދާނީ ގާޑިއޯލާގެ ކްލަބް ވޯލްޑް ކަޕް ހަތަރުވަނަ ތައްޓަށެވެ. މީގެ ކުރިން އެއްވެސް ކޯޗަށް މިހާ ގިނަ އަދަދަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.