Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުރި ރީތި ގަސްތަކުގައި މާތައް ފޮޅިފައި -- ފޮޓޯ: ނޫންޑޮޓްއެމްވީ

19 Apr 2023
ރިޕޯޓް
ޢަލީ ސުލައިމާން

ހުޅުމާލޭގެ ބަހާރު މޫސުމް، މިފަހަރު، ރީތި ގަސްތަކަށް!

އެއްފަހަރާ މާތައް ފޮޅިފައި އޮންނަ ދިގުމަގުތަކާއި، ބަގީޗާތަަކަކީ މީގެ ކުރިން ދިވެހިރާއްޖެއިން ފެންނަމުން އައިން މަންޒަރެއް ނޫނެވެ. އެހެންނަމަވެސް އެތާރީޚު ބަދަލުކޮށްލީ ހުޅުމާލެއިންނެވެ. މޫސުމީ މާމެލާމެއްޔާއި، މޫސުމީ މޭވާ އާއެކު ހުޅުމާލޭގައި އައު މޫސުމްތަކެއް ތަރައްޤި ކުރުމުގެ ފުރުޞަތު މިހާރު އެބަޮތެވެ. ދަނބު މޫސުމާއި، މަޑިމަސް ވަކަރުގަހުގެ މާތައްފޮޅޭ މޫސުމަށް ފަހު މިހާރު، ބަހާރު މޫސުމް އައިސްފައި އޮތީ، ރީތި ގަސްތަކަށެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ ކުރީ ކޮޅާއި ހަމައަށް، މާލޭ ދަރުމާރުކޭޓުގައި ހުރި ބޮޑު ދެ ރީތި ގަހަކީ، މާލޭގެ އުތުރު ފަރާތު މަލަމައްޗަށް ދިރުން ގެނެސްދިން ގަސްތަކެކެވެ. އެގަސްތަކުގައި ފަތްފައިބާ މުޅިގަސް މަލަށްވެފައި އޮންނަ ދުވަސް ވަރު، އެސަރަހައްދަށް ޚާއްސަ ފުރިހަމަކަމެއް ލިބެއެވެ. އެހެން ނަމަވެސް ދަރުމާރުކޭޓު އުވާލެވި ގަސްތައް ކަނޑާލެވުމަށްފަހުގައި މިޖީލުގެ ކުޑަކުދިންނަށް އެމަންޒަރުތައް ފެނުމުގެ ނަސީބު ވަނީ ގެއްލިފައެވެ. އަދި އެޒަމާނަކީ، ކެމެރާ އާއި މޯބައިލްފޯނުތައް އާއްމު ޒަމާނަކަށް ނުވާތީ އެރީތި މަންޒަރުތައް ރައްކާކުރެވިފައި ހުރީ ހަމައެކަނި ދުވަސްވީ މީހުންގެ ހަނދާނުގައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ، ޒަމާނީ ގޮތެއްގައި ޕާކެއް ތަރައްޤީ ކުރެވިފައި ވަނީ، ދިވެހިރަސްކަން އުވާލެވި ބޮޑު ގަނޑުވަރު ނައްތާލުމަށް ފަހުގައި، އެބިމުގައި 1968ވަނަ އަހަރުގައެވެ. އޭރު ސަލްޓަންޕާކުވެސް ތަރައްޤީކުރެވިގެން އައީ ފެހިކަމާއި އާރޯކަން ފެންނަ ގޮތަށް ފަށްވާރާތައް ހިމެނިގެންނެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުރި ރީތި ގަސްތައް --  ފޮޓޯ: ނޫންޑޮޓްއެމްވީ

ރާއްޖޭގެ އުމުރާނީ ތަރައްޤީގެ މަލަމައްޗާއި މަންޒަރު ބަދަލުވެގެން ދިޔައީ، 1997 ވަނަ އަހަރު ވުޖޫދުވެގެން އައި ހުޅުމާލެ އާއެކުގައެވެ. 2004 ވަނަ އަހަރުގެ މެއި 12 ވަނަ ދުވަހު ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިފަހުން، ހުޅުމާލެ ވެގެން ދިޔައީ، ރާއްޖޭގެ އެހެން ރަށްރަށާއި މުޅިން ތަފާތު، ޒަމާނީ އަދި ޢުމުރާނީ ތަރައްޤީގެ މުޅިން ތަފާތު ރަށަކަށެވެ. ޒަމާނީ އަދި ތަރުތީބު މަގުތަކާއި އިމާރާތްތަކާއި ޕާކުތަކާއިއެކު ހުޅުމާލެ ވެފައި ވަނީ ހޮތްފަސޭހަ ދިރިއުޅެން ފަސޭހަ ތަނަކަށެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެރަށް ބަލަހައްޓާ، އާބަންކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އައިއިރު، އޭގެ ތެރޭގައި ހުޅުމާލެ ފެހިކުރުން ހިމެނެއެވެ. މިގޮތުން ހުޅުމާލޭގެ މަގުތަކުގައި މައިގަނޑު ގޮތެއްގައި ފިޠިރޯނުގަހާއި، މަޑިމަސްވަކަރުގަހާއި، ދަނބުގަހާއި އެނޫންވެސް އެކިބާވަތްތަކުގެ ގަސްތައް ވަނީ ހައްދާފައެވެ. ހުޅުމާލޭގެ އެއް ސަރަހައްދެއްގައި އެންމެ ގިނަ މަޑިމަސް ވަކަރުގަސްތައް ހުރީ، ޗަނބޭލީ މަގުގައެވެ.

މަޑިމަސްވަކަރު ގަސްތަކުގައި މާތައް އަޅަން ފެށުމާއި އެކު އެކަން ވެގެން ދިޔައީ ހުޅުމާލެއަށް އައި ބަހާރު މޫސުމަކަށެވެ. ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި މަޑިމަސް ވަކަރުގަސްތަކުގައި  މާތައް އަޅާއިރު، ހުޅުމާލެ ޗަނބޭލީ މަގުގުގައި އާދަޔާ ޚިލާފަށް މާ އަޅާފައިއޮތެވެ. އަދި އެކަން ވެގެން ދިޔައީ އެތައް ބަޔަކަށް އުފާތައް ލިބިގެން ދިޔަ ކަމަކަށެވެ. މަޑިމަސް ވަކަރުގަސްތަކުގައި މާތައް އަޅާފައި އޮތް އިރު، އެތައްހާސް ބަޔަކު އެތަނަށް އައިސް ފޮޓޯތައް ނަގައި އުޅުނެވެ.

މަޑިމަސް ވަކަރުގަސްތަކެކޭ އެއްގޮތަށް، ހުޅުމާލޭގެ މަގުތަކާއި ޕާކުތަކާއި ސެންޓްރަލް ޕާކުގައި ހުރި ރީތި ގަސްތަކުގައި މިހާރު ވަނީ މާތައް ފޮޅިފައެވެ. އެއާއެކު އަނެއްކާވެސް މޫސުމީ މަލުގެ ބަހާރު މޫސުމެއް ހުޅުމާލެއަށް ވަނީ ގެނެސްދީފައެވެ.

ރީތިގަސް ނުވަތަ ޑިލޯނިކްސް ރެޖިއާއަކީ، ދުނިޔޭގެ ހޫނު ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ، މިއީ ބޮޑު ހިޔަލެއް އޮންނަ އުސްކޮށް އަދި ބިޔަކޮށް ހެދޭ ގަހަކަށް ވުމާއިއެކު މުޅިގަހުގައި މާ އަޅާފައި އޮންނައިރު އެމަންޒަރު ނުހަނު ރީއްޗެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުރި ރީތި ގަހެއްގައި މާފޮޅިފައި -- ފޮޓޯ: ނޫންޑޮޓްއެމްވީ

މަޑިމަސް ވަކަރުގަސްތަކަށް އައި ބަހާރު މޫސުމަށް ފަހުގައި، ރީތިގަސްތަކަށް އައިސްފައިޥާ ބަހާރު މޫސުމް ބަލާލަން ދިޔުންވެސް މުހިއްމެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.