Advertisement

އަހުސަން، 9 ބޯލް އެސޯސިއޭޝަން ކަޕްގެ ޓްރޮފީ އާއެކު.-- ފޮޓޯ: އެމްޕީބީއޭ

19 Dec 2023
ކުޅިވަރު

"9 ބޯލް" ތައްޓާއެކު އަހުސަން ރާއްޖޭގެ ޕޫލް ބިލިއާޑް ރޭންކިން އެއްވަނައަށް

އާދިއްތަ ދުވަހުގެރޭ ގައުމީ ބިލިއާޑް ސެންޓަރުގައި ކުޅުނު މިއަހަރުގެ ބިލިއާޑް "9 ބޯލް" އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަހްސަން ހާޝިމް ހޯދައިފި އެވެ. މި ކާމިޔާބީއާއެކީ އޭނާވަނީ ރާއްޖޭގެ ޕޫލް ބިލިއާޑް ރޭންކިން އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.

ސެމީ ފައިނަލުގައި އަލީ ފަޔާޒް ބަލިކޮށް ފައިނަލުން ޖާގަ ހޯދި އަހްސަން ވާދަކުރީ ސެމީ ފައިނަލުގައި ފަތުހުﷲ ޖަމީލް ބަލިކޮށް ފައިނަލުން ޖާގަ ހޯދި މުޙައްމަދު ދުންޔާޒާއެވެ. ފައިނަލް މެޗު އަހްސަން ކާމިޔާބުކުރީ 11 ފްރޭމް 5 ފްރޭމުންނެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 73 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އަދި މުބާރާތް ކުރިއަށް ގެންގޮށްފައިވަނީ 16 ގްރޫޕަކަށް ބަހާލައިގެންނެވެ. ނޮކްއައުޓް ބުރަށް 32 ކުޅުންތެރިން ކޮލިފައިވީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.