Advertisement

ފޮޓޯ: އޮރިކްސް ހޭންޑް ބޯލް ކްލަބް

17 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގައުމީ ހޭންޑުބޯޅަ މުބާރާތުގެ އަންހެން ފައިނަލުގައި އޮރިކްސް އާއި ރެޑްހޯކްސް

މިހާރު ކުރިޔަށްދާ 10 ވަނަ ގައުމީ ހޭންޑުބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގެ ފައިނަލުން، އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑް ބޯލް ކްލަބާއި ރެޑް ހޯކްސް ކްލަބް ޖާގަ ހޯދައިފިއެވެ.

އޮރިކްސް އިން މި އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ، އެ ޓީމާ ދެކޮޅަށް ފައިނަލުގައި ނިކުންނަ ރެޑް ހޯކްސްއާއެވެ. މި މެޗު ރެޑްހޯކްސް ކާމިޔާބު ކުރީ 23-16 އިންނެވެ. ގްރޫޕް ސްޓޭޖުގައި ރެޑްހޯކްސް އާ ދެކޮޅަށް ނިކުތް ދެވަނަ މެޗުގައި އޮރިކްސްއިން ވަނީ ބަދަލު ހިފާފައެވެ. އެ މެޗު އޮރިކްސް އިން ކާމިޔާބުކުރީ 19-15 އިންނެވެ.

އަންހެން ފުރަތަމަ ޑިވިޝަން މުބާރާތުގައި 3 ޓީމު ވާދަކުރާއިރު، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލު ކުރިއެވެ. އެގޮތުން މުބާރާތުގެ ފައިނަލް މި މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފާއިވާއިރު، ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ 4 މެޗުން 3 މެޗު ކާމިޔާބުކުރި ރެޑްހޯކްސްއެވެ. އަދި ދެވަނައިގައި އޮތް އޮރިކްސްއަށް ވެސް ކާމިޔާބު ކުރެވުނީ ތިން މެޗެވެ. ނަމަވެސް، ރެޑް ހޯކްސް ކުރީގައި އޮތީ އެ ޓީމު ކާމިޔާބު ކޮށްފައިވާ ގޯލުގެ އަދަދު ގިނަ ކަމުންނެވެ.

ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގައި ދެން ވާދަކުރި ކީންސްއަށް އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.