Advertisement

ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު --

17 Dec 2023
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޢަލީ ސުލައިމާން

ޕީޖީގެ ވަކީލު، ޝަފީޢުއާ ގުޅޭ ގޮތުން ނޫސްތަކުން ފެތުރިވާހަކަތައް އޭނާ ދޮގު ކުރައްވައިފި

ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުގުޅޭ ގޮތުން ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ޝަފީޢުގެ ފޭސްބުކް ޕޭޖުގައި އޭނާ ލިޔުއްވި ޕޯސްޓެގައި ވަނީ، އޭނާ އާއި ގުޅޭ ގޮތުން މި ނިމުނު ހަފްތާގެ ތެރޭގައި ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކުގެ ތެރޭގައި ހިމެނޭ ފަސްކަމެއް ފާހަގަކުރައްވައި އެކަންކަން ދޮގުކުރައްވާފައެވެ.

ޝަފީޢު ވިދާޅުވީ، ކޮޓަރިއެއް ތެރޭގައި ޢާންމު އިޖްތިމާއީ މިންގަނޑާ ޚިލާފަށް ހުއްޓައި ބަޔަކު ވަދެ އޭނާގެ ގައިގާ ތަޅައިގަނެފިކަމަށް ބުނެ ފެތުރި ވާހަކަޔާއި، އޭނާގެ ބަރަހަނާ ވީޑިއޯއެއް ލީކްވެގެން އުޅޭކަމަށް ފެތުރި ވާހަކަޔާއި، ރަސޫލުކަމަށް އޭނާ ދަޢުވާކޮށްފި ކަމަސް ބުނެ ފެތުރު ވާހަކަޔާއި، ފުލުހުން އޭނާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގަމުންދާކަމަށް ފެތުރި ވާހަކައިގެ އިތުރުން، ބަޔަކު އޭނާ ރަހީނުކުރިކަމަށާއި، އަދި އެކަމާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައި ވާކަމަށްވެސް ފެތުރި ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ. 

މިހާތަނަށް ޝަފީޢުއާ ގުޅޭ އެފަދަ އެއްވެސް މައްސަލައެއް ހުށައެޅިފައިވާ ކަމަށް ނުވަތަ އެފަދަ މައްސަލައެއް ބަލަމުންދާކަމަށް، ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖޭގެ ބައެއް ނޫސްތަކުން ވަނީ ޝަފީޢުގެ ފޮޓޯއާއި ވަނަވަރު ހިމަނައިގެން އެވާހަކަތައް ރިޕޯޓްކޮށްފައެވެ. 

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށް އެމީހުންގެ އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް އިއްޔެ ފުލުހުން ހާމަކުރި އިރު، ބައެއް ނޫސްތަކުން އެކަން ޝަފީޢުއާ ގުޅުވައި ރިޕޯޓްކޮށްފައި ވީނަމަވެސް އެމައްސަލައިގައި ރަހީނު ކުރެވުނު މީހަކީ ޝަފީޢުކަމުގައި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެމައްސަލައިގައި އަނިޔާލިބުނު މީހާއާއި ހައްޔަރުކުރި މީހުންގެ ވަނަވަރެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝަފީޢުއަކީ، ރައީސް ޔާމީނުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އޭގެ އިތުރުން ބޮޑެތި އެހެން މައްސަަލަތަކުގައިވެސް ޝަފީޢު ކޯޓުގައި ޕީޖީ ތަމްސީލްކުރައްވާއިރު ސިޔާސީ ފަރާތްތަކުންނާއި، ބައެއް ކުށްތަކަށް އަރައިގެންފައިވާ މީހުން އެމީހުންނާއި ދެކޮޅަށް ކުރެވޭ ދައުވާތަކުން ސަލާމަތްވުމުގައި އަމާޒަކަށް ޝަފީޢު ހަދާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.