Advertisement

މާލޭ ސިޓީ ކައުންސިލް އިންތިޚާބުގެ ގުރު ނެގުމުގެ ތެރެއިން -- ފޮޓޯ: އާދަމް އާޒިމް ކެމްޕޭން ޓީމް

16 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލޭ ސިޓީކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބުކޮށްފި

މާލޭ ސިޓިކައުންސިލް އިންތިޚާބުގައި ވާދަކުރާ، ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގައި ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން އޮތީ، މިއަދު ހެނދުނު 11 ޖެހި އިރު އިންތިޚާބާއި ބެހޭ މަރުކަޒު ދަރުބާރުގޭގައެވެ.

މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަންގައި، ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގި އިރު، އިއްތިފާޤުން ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބު ވެގެން ދިޔައީ، ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީވެސް ހުށައަޅާފައިވާ ތަރުތީބަށެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަމްބަރު 1 ލިބިވަޑައިގަތީ، އަމިއްލަ ގޮތުން ވާދަކުރައްވާ ޝުޢައިބު ޢަލީ އަށެވެ. ކެންޑިޑޭޓް ނަމްބަރު 2 ލިބިވަޑައިގަތީ، އަމިއްލަ ގޮތުން ވާދަކުރައްވާ ޙުސައިން ވަޙީދަށެވެ. ކެންޑިޑޭޓް ނަމްބަރު 3 ލިބިވަޑައިގަތީ، ސަރުކާރު ކޯލިޝަން ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އައިޝަތު ޢާޒިމާ ޝަކޫރަށެވެ. ކެންޑިޑޭޓް ނަމްބަރު 4 ލިބިވަޑައިގަތީ، އެމްޑީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު 5 ލިބިވަޑައިގަތީ، ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު ސައިފް ފާތިޙްއަށެވެ.

މީގެ އިތުރުން މިއަދު ވަނީ، މާލޭ ސިޓީކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައިވެސް ގުރުއަތު ނަގާފައެވެ.

މާލޭ ސިޓީކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓާއި، މާލޭ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.