Advertisement

މީހަކު އިންޓަރނެޓް ބޭނުން ކުރަނީ ---

16 Dec 2023
ޚަބަރު

ވަކިވަކި ބަރަހަނާ ވެބްސައިޓްތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފި

ސަރުކާރުން ރާއްޖޭގެ އިންޓަރނެޓް ޚިދުމަތްދޭ ކުންފުނިތަކަށް އަންގައިގެން ވަކިވަކި ބަރަހަނާ ވެބްސައިޓްތައް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އެންގުމަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ވަނީ، އިއްޔެއިން ފެށިގެން ވަކިވަކި ބަރަހަނާ ވެބްސައިޓްތަކަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައެވެ. މިގޮތުން އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ބަންދުކޮށްފައިވަނީ ސަރުކާރުން އެކުންފުނިތަކަށް ބަންދުކުރުމަށް އެންގި ފިލްޓަރުތަކެވެ.

ރާއްޖެއަކީ، އެއްވެސް ސެންސަރެއް ނެތި އިންޓަނެޓްގައި ހުރި ހުރިހާ ކޮންޓެންޓެއް އާއްމުންނަށް ބެލޭނޭހެން ހުޅުވާލާފައި އޮތް ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މިހާތަނަށް އައިރު، އިންޓަރނެޓްގެ ޚިދުމަތް ހޯދުމުގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކްކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހެނީ، އިންޓަރނެޓް ބޭނުންކުރާ ރައުޓަރު ބޭނުންކޮށްގެން އަމިއްލަ އަށެވެ. އަދި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނި މެދުވެރިކޮށް ވަކިވަކި ފަރުދުންނަށް އެފަދަ ވެބްސައިޓްތައް މީގެ ކުރިން ބަންދުކުރެވެނީ އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ފީއެއް ދައްކައިގެންނެވެ.

ރާއްޖޭގައި ހަދާފައިވާ ނުރަސްމީ ދިރާސާއެއްގެ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި، އޮރިޔާން ކޮންޓެންޓް ބެލުމާއި އެއަށް ދެވިހިފުމުގެ ނުރަނގަޅު އާދަ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވެއެވެ. އޮރިޔާން ކާޑު އުފެއްދުމާއި، ގެންގުޅުމާއި ބެލުމަކީ ރާއްޖޭގެ ޤާނޫނުތަކުގައި އަދަބު ކަނޑައަޅާފައިވާ ކުށެއް ނަމަވެސް އެފަދަ މައްސަަލަތައް އޮތީ ވަރަށް ބޮޑަށް ދޫކޮށް ލާފައެވެ. އަދި މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް އެފަދަ ވަކިވަކި ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދި ފުރަތަމަ ފަަހަރެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.