Advertisement

ޕީއެސްއެމްގެ ބަހުސްތައް ބާއްވާ ސްޓޫޑިއޯ --

15 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ ބަހުސް ޕީއެސްއެމްއިން ބާއްވަނީ

މާލޭގެ މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި އަންނަ މަހުގެ 6 ވަނަ ދުވަހު ބަހުސެއް ބޭއްވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނިންމައިފިއެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި މި ބަހުސްގައި، މާލޭސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ އެފަރާތްތަކުން ދެއްވާފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓްގައި ޢާޒިމާ ޝަކޫރާއި، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމާއި، ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފް ފާތިޙް އާއި، އަމިއްލަގޮތުން ވާދަކުރައްވާ ޙުސައިން ވަޙީދާއި ޝުޢައިބު ޢަލީއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަޤާމަށާއި އަދި ކައުންސިލްގެ ދާއިރާތަކުގެ ގޮނޑިތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ބަހުސެއް ބޭއްވުމަށް ދައުލަތުގެ މީޑިއާއިން ތައްޔާރުވަމުންދާއިރު ސަންގު ޓީވީންވެސް ދަނީ ބަހުސެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ސަންގު ބަހުސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.