Advertisement

ރާއްޖޭގައި ހިންގާ ފާމަސީއެއް. ފޮޓޯ: ސޯޝަލް މީޑިއާ

15 Dec 2023
ޚަބަރު

ބޭހެއްގައި ހުރި ކެމިކަލް ދެނެގަތުމުން ޑަބްލިއުއެޗްއޯގެ ތައުރީފު ރާއްޖެއަށް

ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ހުރި ނުރައްކާތެރި 2 ކެމިކަލް ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ތައުރީފު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބިއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައި ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ ސިރަޕްތަކުން "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ދެނެގަންނަން އެމްއެފްޑީއޭއިން މަސައްކަތްކޮށް، ސިއްހަތު ހިމާޔަތް ކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައިވަނީ ތަޣައްޔަރުވެފައިވާ މާއްދާ ދެނެގަތް ފުރަތަމަ ގައުމަށް ރާއްޖެ ވެގެން ދިޔައީ ވަސީލަތްތައް މަދު ލެބޯޓްރީތަކަށް ވެސް ސްކްރީން ކުރެވޭނެ ގޮތަށް އުފެއްދި އާ ސްކްރީނިން މެތަޑް ބޭނުންކޮށްގެން ކަމަށެވެ. އެއާ އެއްގޮތަށް ރާއްޖެއިން ވެސް ވަނީ ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލްގެ ތުނި ލޭޔާ ކްރޮމެޓޯގްރަފީ ޓެސްޓު ބޭނުންކޮށްގެން ބާޒާރުގައި ލިބެން ހުރި ޕްރޮޑަކްޓުތައް ސްކްރީން ކުރަން ފަށައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ރާއްޖޭގެ އެ ހޯދުންތަކުން، ތަޣައްޔަރުވެފައިވާ ގިނަ އުފެއްދުންތަކެއް ފާހަގަ ކުރެވި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރެގިއުލޭޓަރީ ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ އާއި އެހެން ގައުމުތަކަށް މައުލޫމާތު ފޯރުކޮށްދީ އިތުރު ތަހުގީގު ފެށި ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު، ޑރ. ނާޒްނީން އަންވަރާ ހަވާލައިދީ އެ ވެބްސައިޓުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އެމްއެފްޑީއޭއިން ކުރަމުން އަންނަ ތައުރީފް މަސައްކަތަކީ ދުނިޔޭގެ ސިއްހަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ލިބުނު ކާމިޔާބީގެ އަލިކަމެއް ކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި އެ އިދާރާއިން މިހާރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން މީގެފަހުން ބޭސް އެތެރެކުރެވޭނީ ލެބޯރެޓަރީ ޓެސްޓު ރިޕޯޓެއް ހުށައެޅުމުންކަމަށް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން ބޭސް އުފެއްދުމުގައި ބޭނުންކުރާ އެކްސީޕިއަންޓްގައިވެސް ކެމިކަލް ނެތްކަން ރަޖިސްޓްރޭޝަން މަރުހަލާގައިވެސް ހުށައަޅަންޖެހޭ ގޮތަށް ޕްރޮޑަކްޓް ރަޖިސްޓްރޭޝަން ގައިޑްލައިންއަށް ބަދަލުގެނެސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، މުސްތަޤްބަލްގައި ރާއްޖެއަށް މިފަދަ ބޭހެއް އެތެރެވުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައްވެސް އަޅަމުންދާނެކަމަށެވެ. އެގޮތުން މާކެޓުން ސާންޕަލް ނަގައިގެން މިއަށްވުރެ އަވަހަށް ބޭސްތައް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.