Advertisement

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ---

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ދިނުމާގުޅޭ އުސޫލު ވަރަށް އަވަހަށް ޝާއިޢުކުރެވޭނެ: ހީނާ

ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ދިނުމާގުޅޭ އުސޫލު ވަރަށް އަވަހަށް ޝާއިޢުކުރައްވާނެ ކަމުގައި، އެންސްޕާގެ ސީއިއޯ، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ދަރިމައިވުމާގުޅޭ (އިންފަރޓިލިޓީ) ފަރުވާގެ ޚިދުމަތްތައް އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ މަގު ފަހިކޮށްދިނުމުގެގޮތުން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް 2 ވަނަ އިޞްލާޙުގެނެސް އެ ގަވާއިދު މިއަދު ވަނީ ގެޒެޓުކޮށްފައެވެ.

ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަަށް ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބިގެންދިއުމަކީ ވަރަށް ގިނަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމަކަށްވާނެ ކަމަށާއި، މިއީ ގިނަ ބަޔަކު ކުރަމުންދިޔަ އިންތިޒާރެއްގެ ނިމުން ކަމަށެވެ.

ދަރިމައިވުމާގުޅޭ (އިންފަރޓިލިޓީ) ފަރުވާގެ ޚިދުމަތްތައް އާސަންދަ ސްކީމްގެ ތެރެއިން ލިބިދޭން ފަށާއިި، އެޚިދުމަތް ދިނުމަށް އެކުލަވާލާ އުސޫލާއި އެއްގޮތަށް ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ، އެފަދަ ފަރުވާތައް ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލްގައި ފެށުން ކަމުަގައިވެސް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

ދަރިމައިވުމާއި ގުޅޭ މައްސަލަތައް ރާއްޖޭގައި ގިނަކަމަށް އަންހެނުންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ފާހަގަކުރައްވާފައި ވާއިރު، ފާއިތުވި އަހަރުތަކުގައި ދަރިމައިވުމާއި ގުޅޭ ފަރުވާތަކަށް އާސަންދައިގެ އެހީ ހޯދުމަށް 1100 ވުރެ ގިނަ މީހުން ހުށައަޅާފައިވާ ކަމުގައި އެންސްޕާއިން މައުލޫމާތު ދެއްވާފައިވެއެވެ.

ކުރީގެ ސަރުކާރުތަކުގައި ދަރިމައިވުމުގެ ފަރުވާތަކާއި ގުޅޭ ކަންކަމަށް އާސަންދަ އާއި އެންސްޕާގެ ތެރެއިން ކޮންމެވެސް މިންވަރެއްގެ އެހީއެއް ދެމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކީ އާސަންދަ ކަވަރޭޖްގެ ތެރެއިން އެފަދަކަންކަމަށް ފުރިހަމައަށް ފަރުވާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.