Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު --

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހަފްތާ 14ގެ ފުރަތަމަ 4 ހަފްތާގައި އަމާޒަށް ވާސިލް ވެވުނު: ޝަހީބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ ހަތަރު ހަފްތާގެ އަމާޒްތަކަށް ވާސިލްވެވިފައިވާކަަމަށާއި، ފުރަތަމަ 4 ހަފްތާގައި ކުރުމަށް ކަނޑައެޅުއްވި ކަންކަން ސަތޭކައިން ސަތޭކައަށް ނިންމާލެވިފައިވާ ކަމުގައި، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަޤާމަށް ޢައްޔަނުކުރެއްވި މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ މީޑިއާތަކަށް ހަފްތާ 14 އާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޝަހީބު ވިދާޅުވީ، ސަރުކާރުގެ ހަފުތާ14ގެ މަސައްކަތް ފުރިހަމަ ކުރެވެމުންދާ މިންވަރު އަދާހަމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިއަދުން ފެށިގެން ހާމަކުރަމުން ގެންދަވާނެކަމަށެވެ. 

ސަރުކާރަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ، ހަފުތާ14ގެ ފުރަތަމަ ހަތަރު ހަފްތާ ނިމުނުއިރު، ޖުމުލަ 17 ކަމެއް އެމުއްދަތުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. 

މިކަންކަމުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެހެންޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމަށް ހަފުތާ14ގައި ހިމަނާފައިވާއިރު މިހާތަނަށް އެފަދައިން ފާހަގަކުރެވޭ އެއްބަސްވުންތަކުގެ ޢަދަދުތައް ސަރުކާރުން ހާމަކުރައްވާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހައިޑްރޯގްރަފީ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" އެއްބަސްވުން އައު ނުކުރުމަށް ސަރުކާރުން ނިންމަވާފައިކަން ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14ގެ ނަމުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި ވާއިރު، އަންނަ ހޮނިހިރު ދުވަހަކީ މިސަރުކާރަށް އެއްމަސް ފުރޭނެ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.