Advertisement

14 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޕޫމާއިން އިޒްރޭލުގެ ގައުމީ ޓީމުގެ ސްޕޮންސަރޝިޕް ނިމުމަކަށް ގެނައުމުގައި ގަތުލުއާންމާއި ގުޅުމެއް ނެތް

ޕޫމާ އާއި އިޒްރޭލުގެ ފުޓުބޯޅަ އެސޯސިއޭޝަނާ ދެމެދު ހަދާފައިވާ ސްޕޮންސަރޝިޕް އެގްރީމެންޓް 2024 ގައި ނިމުމަކަށް ގެންނާނެކަމަށް، އެ ކުންފުނީގެ ތަރުޖަމާނު ހާމަކޮށްފިއެވެ. ނަމަވެސް މިއީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅުން ހުރި ނިންމުމެއް ނޫން ކަމުގައި ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ބްރޭންޑުގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

ޕޫމާއިން އިޒްރޭލުގެ ފުޓުބޯޅަ އެސޯސިއޭޝަނާއެކު ގުޅުން ބާއްވާތީ އެ ބްރޭންޑު ބޮއިކޮޓު ކުރުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފައިވެއެވެ. ނަމަވެސް މި އަޑުތައް އަނެއްކާ ވެސް ގަދަވެފައިވަނީ، ފަލަސްތީނުގައި އިޒްރޭލުން މިހާރު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެންނެވެ.

ޕޫމާގެ ތަރުޖަމާނު އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އިތުރުން، ސާބިއާގެ ފުޓުބޯޅަ ފެޑެރޭޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުން ވެސް 2024 ގައި މުއްދަތު ހަމަވާނެއެވެ. ނަމަވެސް އިޒްރޭލެކޭ އެއްގޮތަށް، ސާބިއާގެ އެއްބަސްވުން ވެސް ދެން އައު ނުކުރާނެކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ފުޓުބޯޅަ ފެޑެރޭޝަނާއެކު އެ ގައުމުގެ ފުޓުބޯޅަ ޓީމުގެ ޖާޒީ ސްޕޮންސަރ ކުރުމަށް ޕޫމާއިން އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2018 ގައެވެ.

މި އެއްބަސްވުމާ ގުޅިގެން ޕޫމާ ބޮއިކޮޓް ކުރުމަށް އެންމެ ފުރަތަމަ ގޮވާލާފައިވަނީ އިޒްރޭލުގެ ފުޓުބޯޅަ ފެޑެރޭޝަނުން ގެންގުޅޭ ހަރުކަށި އުސޫލުތަކާ ގުޅިގެންނެވެ. އެގޮތުން، އިޒްރޭލުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ހިމެނުމަށް އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ ހަމައެކަނި ޖެވިޝް ކުޅުންތެރިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.