Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް --

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ ސާރވޭގެ އެއްބަސްވުން އައު ނުކުރުމަށް ނިންމައިފި

އިންޑިއާއެކު ދިވެހިރާއްޖެއިން ހަދާފައިވާ ހައިޑްރޯގްރަފީ ސާރވޭގެ އެއްބަސްވުން އައު ނުކުރުމަށް ނިންމާފައިވާ ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

ފިރުޒް ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް އަސަރު ކުރާކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކަކީ ކުރިއްސުރެ ފެށިގެން ސަރުކާރުން ބޭރުގެ އެއްވެސް ފަރާތަކާއި ޙިއްޞާކުރާ ކަންކަން ނޫންކަމަށެވެ.

ފިރުޒުލް ވިދާޅުވީ، މިހާރު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަ ވަނީ، އަންނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެއްބަސްވުމުގައި އޮންނަނީ އެއްބަސްވުން ނިމުމަކަށް ގެންނަނަމަ އެކަން ކުރިން އެންގުމަށް ކަމަށެވެ. އެހެންކަމުން އެއްބަސްވުން އާނުކުރާނެކަން މިހާރު އިންޑިއާ ސަރުކާރަށް އަންގާފައިވާ ކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނައުމުން ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހައިޑްރޯގްރަފީ ސަރވޭތައް ދިވެހިރާއްޖެއިން އަމިއްލައަށް އެކަން ކުރުން ކަމަށެވެ. އަދި އަސްކަރިއްޔާގެ ތެރޭގައި އެފަންނުގެ ބޭފުޅުން އެބަ ތިއްބެވިކަމަށާއި ކައިރި މުސްތަޤުބަލެއްގައި ރާއްޖެއިން އަމިއްލައަށް އެކަން ކުރެވޭނެ މަގު ފަހުކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ހައިޑްރޯގްރަފީ ދާއިރާއިން އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާއާއި ދެމެދު ސޮއިކުރީ ޖޫން، 8، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.  

އަދި މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާފައި ވަނީ، 20 ޖެނުއަރީ 2022 ގައެވެ.

ހަޑްގްރޯފިކް ސާވޭތަކުގެ ސަބަބުން ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްކުރުމަށް ކަމުގައި ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.