Advertisement

ފުވައްމުލަކުގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް -- ފައިލް ފޮޓޯ

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ ޖުލައި މަހު ފުވައްމުލަކު ފަރުމައްޗަށް އުރުނު ބާޖު 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިއަހަރުގެ ޖުލައި މަހު ފުވައްމުލަކު ފަރުމައްޗަށް އުރުނު  "Olympic Kandilo"ނަކަމަށް ކިޔާ ބާޖު 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް، އަދި އެއްމަސްދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން، ޚަލާސްކުރުމަށް އެ ބާޖުގެ ވެރި ފަރާތްކަމުގައިވާ AFRICEAN PTE. LTD އަށް އީޕީއޭއިން އިއްޔެ އަންގައިފިއެވެ.

ފުވައްމުލައް އިރު-ދެކުނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހިލައިހިފައިގެން ދިޔަ އެބާޖު ފުވައްމުލަކުގެ ފަރުމައްޗަށް އުރިފައި ވަނީ، މިއަހަރުގެ ޖުލައި މަހުގެ 07 ވަނަ ދުވަހުގައެވެ. އެހާދިސާ އޮޅުވާލައި، ފަރަށް ނާރާކަމަށް ބުނެފައި ވީނަމަވެސް، ބާޖު ފަރަށް އެރިކަމާއި، ބާޖުން ފޭބި ހިލަތައް ފަރުމައްޗަށް އެޅި، ފުވައްމުލަކު ފަރުގެ 4306 (ހަތަރުހާސް ތިންސަތޭކަ ހައެއް) އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފަައެވެ.

މިމައްސަލައާއި ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500/-ރ (އެއްސަތޭކަ ފަސްދޮޅަސް ދެ މިލިއަން ހަތްލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ) ކަމުގައި ވީނަމަވެސް ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ ސަތޭކަ މިލިޔަން ރުފިޔާ ކަމުގައިވާތީ، އެކުންފުނި ޖޫރިމަނާކޮށްފައި ވަނީ 100 މިލިޔަން ރުފިޔާއިންނެވެ.

މީގެ އިތުރުން، ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ،  ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުޙަލާ ނިމުމުން އެޓާރނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައިވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.