Advertisement

މެޗު ނިމުމުން ނިއުކާސްލްގެ އަލްމިރޯން ދަނޑުގައި ހުއްޓިލައިގެން، ފޮޓޯ: ޓެލެގްރާފް

14 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގުގައި ނިއުކާސްލްއަށް ހިތާމަވެރި ރެއެއް

ނިއުކާސްލް - 1
'33 ޖޯލިންޓަން
އޭސީ މިލާން - 2
'59 ޕުލިސިޗް 
'84 ޗުކްވެޒޭ

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހުބުރަށް އައިއިރު އެންމެ ވާދަވެރި ގޮތަކަށް އޮތީ، މުބާރާތުގެ ގުރުއަތު ނެގިއިރުވެސް ގްރޫޕް-އޮފް-ޑެތުގެ ގޮތުގައި ބެލެވުނު ގްރޫޕް-އެފްއެވެ. މި ގްރޫޕުން އެންމެ ހިތްދަތި ގޮތަކަށް މުބާރާތާއި ވަކިވާން ޖެހުނީ ބުދަ ދުވަހުގެ ރޭ އެސީ މިލާން އަތުން ބަލިވެ އިނގިރޭސިވިލާތުގެ ނިއުކާސްލް ޔުނައިޓެޑެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗަށް އެ ޓީމުން ނިކުތްއިރު، މުބާރާތުގެ ނޮކް-އައުޓް ބުރަށް ދިއުމުގެ ފުރުސަތު ވެސް އެ ޓީމަށް އޮތެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަވިނަމަ، ޔޫރޮޕާ ލީގުގެ ޕްލޭ-އޮފް ބުރުން ވެސް ޖާގަ ލިބޭނެއެވެ. ނަމަވެސް، ނަތީޖާ ނިކުތީ އެ ޓީމަށް އެންމެ ހިތްދަތި ގޮތަށެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޖޯލިންޓަން ކާމިޔާބު ކޮށްދިން ގޯލާއެކީ، މެޗުގެ 86 ވަނަ މިނެޓާ ހަމައަށް ދިޔަ އިރުވެސް، ނިއުކާސްލް އޮތީ ޔޫރަޕުގެ ކޮންމެވެސް އެއް މުބާރާތެއްގައި ކުޅެވޭނެކަމުގެ އުއްމީދުގައެވެ. އެއީ މެޗުން މޮޅުވިނަމަ ޗެމްޕިއަންސް ލީގުގެ ރައުންޑް-އޮފް-ސިކްސްޓީން، އަދި އެއްވަރުވިނަމަ ޔޫރޮޕާ ލީގުގެ ޕްލޭ އޮފެވެ. ނަމަވެސް މިލާންގެ ޕުލިސިޗް 59 ވަނަ މިނެޓުގައި ޖެހި ގޯލުން ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، އެ ޓީމުގެ ޗުކްވެޒޭ 84 ވަނަ މިނެޓުގައި މެޗުގެ އޮއިވަރު އަނބުރާލުމުން، މި ސީޒަންގެ ޔުރަޕިއަން ފުޓުބޯޅައަށް ނިއުކާސްލްއަށް އަލްވަދާއު ކިޔަން ޖެހުނީއެވެ.

މުބާރާތް ރަނގަޅަށް ފެށި ނަމަވެސް މި މެޗަށް އައިއިރު ނިއުކާސްލްގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެފައި ވުމެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނިއުކާސްލްގެ ކޯޗު އެޑީ ހޯވް ބުނެފައިވަނީ، އެ ޓީމުން ނިކުތީ ޗެމްޕިއަންސް ލީގުގައި ކުރިޔަށް ދިޔުމަށް ކަމަށެވެ. ނަމަވެސް މެޗުގެ ނަތީޖާ ނިކުތް ގޮތުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެކަމަށް ފާހަގަ ކުރިއެވެ. އަދި ކުރިޔަށް އޮތްތާ އެ ޓީމުން މަސައްކަތް ކުރާނީ، މި ނަތީޖާތަކުން ފިލާވަޅު ހޯދާ، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށްކަމަށް ވެސް ހޯވް ފާހަގަ ކުރިއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބޮރޫޝިއާ ޑޯޓްމަންޑާއި ޕީއެސްޖީއެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ. އަދި މި ނަތީޖާތަކާއެކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ޑޯޓްމަންޑެވެ. ދެވަނައަށް ދިޔައީ ޕީއެސްޖީއެވެ. އަދި އެސީ މިލާން ދެން ކުޅޭނީ ޔޫރޮޕާ ލީގުގެ ޕްލޭ އޮފެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.