Advertisement

ރައީސް ނަޝީދާއި އެކު ފިކުރެއްގެ ދިރުމުގައި މަސައްކަތް ކުރައްވާ ބޭފުޅުން -- ފޮޓޯ: ސޯޝަލްމީޑިއާ

19 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރާއި ދެކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީތަކުގެ މުޣައްރިރު ކަމުން ވަކިކުރަނީ

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންދާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުން، ކޮމިޓީތަކުގެ މުޤައްރިރުކަމުގެ ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މުޤައްރަރުންގެ ގޮތުގައި ތިއްބަވައިގެން، ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން، ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށް ވަނީ އެނގިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިގަތުމުން. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވައިގެން މަސައްކަތްޕުޅު ކުރައްވަން ފައްޓަވާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގަޔާއި ޕާޓީގެ ތެރެއިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވައި، 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުވާލުމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ރައީސް ނަޝީދާއި އެކު ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެން ސަރުކާރާއި ދެކޮޅަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަޙްމީއާ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު، ޔާސިރު ޢަބުދުއްލަޠީފާއި، އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހިމެނިވަޑައިގަންނަވައެވެ.

މިމެމްބަރުންގެ ތެރެއިން ޙަސަން ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމިޓީގެ މުޣައްރިރެވެ. އިމްތިޔާޒް ފަޙްމީ އަކީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޣައްރިރެވެ. ޔާސިރު އަބުދުއްލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގެ ސްލޫކީ ކޮމިޓީގެ މުޣައްރިރެވެ. އިލްުޔާސް ލަބީބަކީ ރައްޔިތުންގެ މަޖިލީޙުގެ ސްޓޭޓް އޯވންޑް ކޮމިޓީގެ މުޣައްރިރެވެ. މިހަތަރު ބޭފުޅުން ކޮމިޓީތަކުގެ މުޣައްރިރުންގެ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި ވީނަމަވެސް ރަސްމީ ސިފައެއްގައި އެކަން އަދި އެމްޑީޕީން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.