Advertisement

ެއެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ހުޅުމާލެއަށް ޒިޔާރަތް ކުރެއްވުން ---

12 Dec 2023
އާދަމް އާޒިމް
ޢަލީ ސުލައިމާން

އާޒިމް ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް އެމްޑީޕީގެ ޓިކެެޓްގައި ވާދަކުރައްވާ އާދަމް އާޒިމް، ހުޅުމާލެއަށް ޒިޔާރަތްކުރައްވައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

މިއަދު މެންދުރުފަހު އާޒިމް ވަނީ، ހުޅުމާލެއަށް ވަޑައިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ހުޅުމާލޭގެ ކަންކަންކަމަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން އާޒިމްއާ ބައްދަލުވި އާއްމުރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކުން ވަނީ، ހުޅުމާލޭގައި ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާއި، އަދި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަތައް އާޒިމްއަށް ދަންނަވާފައެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ އާދަމް އާޒިމްގެ އެންމެ މުހިއްމު އެއް ވަޢުދަކީ، ގުރޭޓާ މާލެ އޭރިޔާއަކީ މީހުން ދިރިއުޅޭ ހިތުން ދިރިއުޅޭ ހިތްފަސޭހަ ސިޓީއަކަށް ހައްދަވައި ދެއްވުމެވެ. މިގޮތުން މާލެ ސަރަހައްދުގައި އޮތް ތޮއްޖެހުމާއި ވެހިކަލް ޕާކިންގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމުގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުން ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.