Advertisement

އެމްޑީޕީގެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ފޯމް ހުށައެޅުން ----

12 Dec 2023
މާލޭ ސިޓީ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބު
ޢަލީ ސުލައިމާން

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ހުށައަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅައިފިއެވެ.

އިލެކްޝަންސްކޮމިޝަނުގައި މިއަދު ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި ކޮމިޝަނާއި ކެންޑިޑެންސީ ފޯމް ހަވާލުކުރެއްވީ، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާލޭގެ މޭހަރު ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައަޅުއްވާފައި ވަނީ އާދަމް އާޒިމެވެ. މީގެ އިތުރުން މާލޭ ސިޓީކައުންސިލްގެ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައެޅުއްވީ، ހެންވޭރު ދެކުނު ދާއިރާއަށް، ޙައްވާ ނިޙްލާ އާއި،  މާފަންނު ދެކުނު ދާއިރާއަށް، އަޙްމަދު އިމްރާނާއި، މެދުހެންވޭރު ދާއިރާއަށް، އަޙްމަދު ރިޝްވާން އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، 2024 ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހުގައެވެ. އަދި މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.