Advertisement

އެމެރިކާގެ މޮޑެލް ކްރިސްޓަން މެކްމެނަމީ

11 Dec 2023
ޚަބަރު

ގަތުލުއާންމު ޕްރޮމޯޓްކުރާތީ މަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ" ބޮއިކޮޓްކުރަން ގިނަ ބަޔަކު ގޮވަނީ

މަޝްހޫރު ފެޝަން ބްރޭންޑު "ޒާރާ" އިން އެ ކުންފުނީގެ އެންމެ ފަހުގެ ޑިޒައިންތައް ޕްރޮމޯޓުކުރުމަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ހަޖޫޖަހާ، އެކަން ޕްރޮމޯޓްކުރާފަދަގޮތަކަށް ހުރުމުން ފަލަސްތީނަށް ސަޕޯޓުކުރާ ގިނަ ބަޔަކު އެ ބްރޭޑް ބޮއިކޮޓްކުރަން ގޮވާލަމުން އެބަދެއެވެ. އަދި ޒާރާއިން އާންމުކުރި ފޮޓޯތަކާއި، އެ ފޮޓޯތަކާއި ގުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހިތްދަތި ހާލަތުގެ އެއްގޮތްކަން ފެންނަ ފޮޓޯތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އާންމުކޮށް، އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާގެ މޮޑެލް ކްރިސްޓަން މެކްމެނަމީ ބޭނުންކޮށްގެން ހަދާފައިވާ މި އިޝްތިހާރުގައި އެންމެ ގިނަ ބައެއްގެ ނުރުހުން އަމާޒުވީ އޭނާގެ ކޮނޑުމައްޗަށް ހިނަވާފައޮތް ގަބުރެއް ރަމްޒުކޮށްދޭ ބުދެއް ލައިގެން ހުރި ފޮޓޯއެވެ. މީގެ އިތުރުން، އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދިނުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހާލަތު ސިފަކޮށްދޭ ގޮތަށް ވެސް މި އިޝްތިހާރުގައި މޮޑެލްކޮށްފައިހުއްޓެވެ.

ކްރިސްޓަން މެކްމެނަމީގެ ކޮނޑުމައްޗަށް ހިނަވާފައޮތް ގަބުރެއް ރަމްޒުކޮށްދޭ ބުދެއް ލައިގެން ހުރި ފޮޓޯ

ޒާރާގެ އިޝްތިހާރާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން އެފަދަ ގޮތަކަށް އިޝްތިހާރެއް ހެދުމަކީ އިއްތިފާގެއް ނޫންކަމަށެވެ. އޭނާ ސިފަކުރީ އެއީ އެމީހުން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.