Advertisement

11 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަން ބާސެލޯނާ ބަލިކޮށް ޖިރޯނާ ލީގުގެ އެއްވަނައަށް

ޖިރޯނާ - 4
'12 އާޓެމް ޑޮވްބީކް (ސައިގަންކޯވް)
'40 މިގުއެލް ގުތިއަރޭޒް (އިވާން މާޓިން)
'80 ވަލޭރީ (ސްޓުއާނީ)
'90+5 ސްޓުއާނީ (ސެވިއޯ)
ބާސެލޯނާ – 2
'19 ރޮބާޓް ލެވަންޑްސްކީ (ރަފީނާ)
'90+2 އިކްލޭ ގުންޑޮގަން (ފެރަން ޓޮރޭސް)

ސްޕެއިންގެ ކެޓަލޯނިއާއަށް ނިސްބަތްވާ ބާސެލޯނާ އާއި ޖިރޯނާ ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކޮށް، ރިއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު ޖިރޯނާއިން ލީގުގެ އެއްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި އާންމުކޮށް ކުޑަ ޓީމުތައް ސީޒަންގެ ކުރީކޮޅު ރަގަޅު ނަތީޖާތައް ނެރެ، ލީގުގެ މަތިފަޑީގައި އުޅޭތަން ފެނެއެވެ. ނަމަވެސް ލީގުގެ ބޮޑެތި ބާރުތަކާޖެހި، އެ ޓީމުތަކުގެ އަޑު މަޑުމަޑުން ފަނޑުވަމުން ގޮސް އެންމެ ފަހުން ލީގު ނިންމާލާނީ ބޮޑެތި ޓީމުތަކުގެ ފަހަތުންނެވެ. އެންމެނަށް ވެސް ބެލެވުނީ ޖިރޯނާއަށް ވެސް ވާނީ މިފަދަ ގޮތެއްކަމަށެވެ. ނަމަވެސް އެހެނަކުން ނުވިއެވެ. އެމީހުންނަކީ ލީގުގެ ބޮޑެތި ބާރުތަކަށް ނުރައްކަލަކަށްވެއްޖެއެވެ. އެންމެ ފަހުން މި ބަލިކުރީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއެވެ.

ރޭގެ މެޗަށް ބަލާއިރު ބާސެލޯނާކޮޅަށް މިހާ ގިނަ ގޯލުތަކެއް ކާމިޔާބު ކުރެވުނު ސަބަބަކީ އެ ޓީމުގެ ޑިފެންސިވް މައްސަލަތަކޭ ބުނުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ. އެގޮތުން އެ ޓީމުގެ ފްރާންސް ޑިފެންޑަރ ޖޫލްސް ކޮންޑޭއަށް ހެދުނު ބޮޑެތި ގޯސްތަކެއް ރޭގައި ފެނުނެވެ.

މެޗުގެ ކުރީކޮޅު ފުރަތަމަ ލީޑު ނެގީ ޖިރޯނާއިންނެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ބާސެލޯނާއިން އެއްވަރުކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގިރޯނާއިން އަނެއްކާވެސް ލީޑު ނެގިއެވެ. ޖިރޯނާއިން ލީޑު ފުޅާކުރީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ. އެހެންކަމުން އިތުރު ވަގުތުގެ ކުރީކޮޅު ގުންޑޮގަން ޖެހި ގޯލުން މާ ބޮޑު އުއްމީދެއް ބާސެލޯނާއަކަށް ނުލިބުނެވެ. އޭގެ ވަގުތުކޮޅެއް ފަހުން ލެވަންޑޯސްކީއަށް އެއްވަރު ކުރަން ލިބުނު ފުރުސަރު ބޭކާރު ނުވިނަމަ ބާސެލޯނާއަށް މެޗުން ޕޮއިންޓެއް ލިބުމާ ވަރަށް ގާތަށް ދިޔައީހެވެ. ޖިރޯނާއިން މެޗުގެ 3 ޕޮއިންޓު ޔަގީންކުރީ ސްޓުއާނީ އިތުރު ވަގުތުގެ 5 ވަނަ މިނެޓުގައި ޖެހި ގޯލަކުންނެވެ.

މި ނަތީޖާއާއެކީ 41 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޖިރޯނާއެވެ. ލީގުގެ ދެވަނައިގައި އޮތް މެޑްރިޑަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި 3 ވަނަ އާއި 4 ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.