Advertisement

އއ. ބޮޑުފޮޅުދޫގައި މިސަރުކާރުން އަޅައިދިން ބޮޑު ޓާފް ދަނޑު --

20 May 2023
ކުޅިވަރު
ޢަލީ ސުލައިމާން

ފަންސާހަށް ވުރެ ގިނަ ދަނޑު ވަރަށް އަވަހަށް ނިމޭނެ: މަޚުލޫފް

ފަންސާހަށް ވުރެ ގިނަ ދަނޑު ވަރަށް އަވަހަށް ނިމޭނެކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މަޚުލޫފް މިހެން ވިދާޅުވީ، އއ. ބޮޑުފުޅުދޫގައި މިސަރުކާރުން އެޅި ޓާފް ދަނޑުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ މަޚުލޫފު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް އބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތަރައްގީކުރައްވަމުން ގެންދަވާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން 50 ވަނަ ދަނޑު ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކަށް ޓާފްއަޅައިގެން އަތޮޅުތެރޭގައި އެއްވެސް ބޮޑު ދަނޑެއް ހަދައި ދެވިފައި ނުވާކަން މަޚުލޫފް ފާހަގަކުރެއްވިއެވެ.

މަޚުލޫފް ވިދާޅުވީ، މިއަދު ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތްކަމަށާއި، މަޑުޖެހިފައިވާ ރަށްރަށުގެ މަސައްކަތްވެސް ކޮންޓްރެކްޓަރުންނަށް އިތުރަށް ބާރު އަޅައިގެން އަވަސް ކުރެވޭތޯ ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

މިސަރުކާރުން ވަނީ އަތޮޅުތަކުގެ ޒުވާނުންގެ ކުޅިވަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ. މިނިސްޓަރ މަޚުލޫފް ރައްޔިތުންގެ މަޖިލީހުގައި ވިދާާޅުވީ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދަނީ، އެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މިންވަރަށް ކޮންޓްރެކްޓަރުން ނުލީބޭތީ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.