Advertisement

ހަމާސްގެ މުޖާހިދުން މަރާލި އިޒްރޭލުގެ ސިފައިން ---

10 Dec 2023
ދުނިޔެ

މުޖާހިދުންގެ އިޒްރޭލު ސިފައިންގެ އިތުރު 5 މީހުން މަރާލައިފި

ޣައްޒާއަށް އަރައިގެންފައިވާ އިޒްރޭލުގެ ހައްދުފަހަނަ އެޅި، ސަޙްޔޫނީ ސިފައިންގެ 5 މީހަކު ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރާލައިފިކަމަށް އިޒްރޭލުން އެއްބަސްވެއްޖެއެވެ.

ޣައްޒާއަށް އަރައި އިޒްރާއީލުން ކުރަމުންދާ ހަނގުރާމައިިގައި، އިޒްރޭލު ސިފައިންގެތެރެއިން ގިނަ އަދަދެއްގެ ބަޔަކުވެސް ދަނީ މަރުވަމުންނެވެ. އެހެން ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ހަނގުރާމައިގައި ލިބޭ ނާކާމިޔާބީތައް ފޮރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރާލައިފިކަމަށް މިއަދު އިޒްރޭލު އަސްކަރިއްޔާއިން އިޢުލާނު ކުރިި، ސިފައިންގެ ތެރޭގައި ހިމެނެނީ މުޅިންވެސް އުމުރުން 25 އަހަރުން ދަށުގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ސިފައިންގެ ތިން މީހުންނާއި، 20 އަހަރާއި 19 އަހަރާއި ދެމެދުގެ ސިފައިންގެ ދެމީހުންނެވެ.

ޣައްޒާއަށް ވަދެފައިވާ އިޒްރޭލުގެ ސިފައިންގެ ތެރެއިން ގިނަ މީހުންނަކީ، ހަމާސްއާއި ދެކޮޅަށް ހަނގުރާމައަށް ނުކުތް ހަނގުރާމައިގެ ތަމްރީންތަކާއި ތަޖުރިބާތައް ލިބިފައި ނެތް މީހުންނަށް އިޒްރޭލުގެ އަސްކަރިއްޔާއިންވެސް ފާހަގަކޮށްފައިވެއެވެ.

ހަނގުރާމައިގައި ކާމިޔާބު ލިބެމުންދާކަން ދެއްކުމުގެ ގޮތުން ގިނަ އަދަދެއްގެ އާއްމުން ހައްޔަރުކޮށް އިޒްރޭލު ސިފައިން ދަނީ އެމީހުންނަކީ، ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ މުޖާހިދުންގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.