Advertisement

ހަމާސްއިން މަރާލި އިޒްރޭލުގެ ސިފައިންގެ ދެމީހުން --

10 Dec 2023
ދުނިޔެ
ޢަލީ ސުލައިމާން

ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާކަމަށް ބުނެ ޣައްޒާގެ އިމާރާތެއް ގޮއްވާލި ޔަހޫދީ ސިފައިންގެ މީހާ މަރާލައިފި

ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާކަމަށް ބުނެ ޣައްޒާގެ އިމާރާތެއް ގޮއްވާލި ޔަހޫދީ ސިފައިންގެ މީހާ ހަމާސްގެ މުޖާހިދުންގެ ހަމަލާއެއްގައި މަރުވެއްޖެކަން އިޒްރޭލުން ކަށަވަރުކޮށްދީފިއެވެ.

ޣައްޒާގެ ތެރެއަށް ވަދެފައިވާ އިޒްރޭލު ސިފައިންގެ ތެރޭގައި ހިމެނޭ، މާސްޓަރ ސާޖަންޓް އިޔާލް މެއީރް އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅުގެ 2 ވަނަ އުފަންދުވަހުގެ ހަދިޔާއެއް ކަމަށް ބުނެ ޣައްޒާގެ އިމާރާތެއް ގޮއްވާލައި އެމަންޒަރު ވީޑިއޯކޮށް އާއްމު ކުރިއެވެ. އޭނާ އެކަން ކޮށްފައި ވަނީ މިމަހުގެ ކުރީކޮޅުގައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މާސްޓަރ ސާޖަންޓް އިޔާލް މެއީރްގެ އިތުރުން، ސާޖަންޓް މޭޖަރ ކޯބީ ދުވަޝްވެސް އިއްޔެ ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކުގައި ވަނީ މަރާލާފައެވެ.

ޣައްޒާގެ އިމާރާތް ގޮއްވާލި މަންޒަރާއި އެއިމާރާތް ގޮއްވާލި ޔަހޫދީ ސިފައިންގެ މީހާ --

ޣައްޒާއަށް އަރައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިންވެސް ދަނީ މަރުވަމުންނެވެ. މިހަނގުރާމައިން ކާމިޔާބު ލިބިއްޖެކަން ދެއްކުމަށާއި ހަމާސްގެ ހަނގުރާމަވެރިން އަތުލައިގަނެވިއްޖެކަން ދެއްކުމަށް ފާއިތުވި ދެ ދުވަހު އިޒްރޭލު ސިފައިން ދަނީ ޣައްޒާގެ އާއްމުންގެ ތެރެއިން އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.