Advertisement

ޕަލްމެއިރަސް ލީގު ތަށި އުފުލާލުން

08 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އުމުރުން އެންމެ 17 އަހަރުގެ އެންރިކްގެ ގޯލަކުން ޕަލްމީރަސްއިން ބްރެޒިލް ލީގު ކާމިޔާބުކޮށްފި

މިހާތަނަށް ކުރިޔަށްދިޔަ ބްރެޒިލް ލީގުގެ އެންމެ ފޯރިގަދަ ސީޒަން ބްރެޒިލްގެ ސާއޯ ޕައުލޯއަށް ނިސްބަތްވާ ޕަލްމީރަސްއިން ކާމިޔާބު ކޮށްފިއެވެ

ލީގުގެ އެންމެ ފަހު ބުރުގެ މެޗުތަކަށް ދިޔައިރު، ޕަލްމީރަސްއިން ލީގުގެ ތަށި ކާމިޔާބު ކުރުމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެ ޓީމާ އެންމެ ކައިރިން ވާދަކުރީ އެތުލެޓިކޯ މިނެރޯ އާއި ފްލެމިންގޯއެވެ. މި ދެ ޓީމު ވެސް އޮތީ 66 ޕޮއިންޓާއެކު އޭރުވެސް އެއްވަނައިގައި އޮތް ޕަލްމީރަސްއަށް ވުރެން 3 ޕޮއިންޓު ފަހަތުގައެވެ. އަދި ހަތަރު ވަނައިގައި އޮތީ 65 ޕޮއިންޓާއެކު ލުއިސް ސުއަރޭޒް ކުޅެމުން އަންނަ ގްރެމިއޯއެވެ

ފަހު މެޗުގައި ކްރުޒެއިރޯއާ ދެކޮޅަށް ބުދަ ދުވަހު ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، 70 ޕޮއިންޓާއެކީ ޕަލްމީރަސްއަށް ލީގު ކަށަވަރުވިއެވެ. މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. އެ ޓީމާ އެންމެ ކައިރިން ވާދަކުރި އެތުލެޓިކޯ މިނެއިރޯ އާއި ފްލެމިންގޯ ފަހު މެޗުގައި ބަލިވުމުން، އޭގެ ފައިދާ އެންމެ ބޮޑަށް ކުރީ ހަތަރު ވަނައިގައި އޮތް ގްރެމިއޯ އަށެވެ. ފަހު މެޗު ކާމިޔާބުކޮށް ގްރެމިއޯ ސީޒަން ނިންމާލީ ދެވަނައިގައެވެ.

ކްރުޒެއިރޯއާ ޕަލްމީރަސް ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޕަލްމީރަސް އިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް، އުމުރުން އެންމެ 18 އަހަރުގެ އެންރިކްއެވެ. އެއީ މި އަހަރުގެ ލީގުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ގޯލެވެ. ކްރުޒެއިރޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައި ނިކާއޯ ކާމިޔާބުކުރި ގޯލުންނެވެ

ޕަލްމީރަސްގެ ޒުވާން ފޯވާޑު އެންރިކްއަކީ މި ސީޒަންގައި އެ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އަދި މިދިޔަ ސީޒަނުގައި ވެސް އެޓީމުން ބްރެޒިލްގެ ލީގު ކާމިޔާބުކުރިއިރު، އެންރިކް ވަނީ 16 އަހަރުގައި ފާހަގަކޮށްލެވޭ ކުޅުމެއްދައްކާފައެވެ. އޭނާގެ ހުނަރު ފެނި، ރެއާލް މެޑްރިޑުން ވަނީ އޭނާއަށް 18 އަހަރު ފުރުމުން އެ ޓީމަށް ގެންދިއުމަށް 52.5 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ޕަލްމީރަސްއަށް ހުށަހަޅާފައެވެ. އެހެންކަމުން ޖުލައި 2024ގައި އޭނާ ރިއާލް މެޑްރިޑަށް ބަދަލުވުމަށް މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައެވެ

ލީގު ކާމިޔާބުކޮށް އެންރިކް އުފާފާޅުކުރަނީ

އެންރިކްވަނީ މިދިޔަ މަހު ބްރެޒިލްގެ ރީނދޫ ޖާޒީގައި ވެސް ފުރަތަމަ ފަހަރަށް ކުޅެފައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާއާ ދެކޮޅަށް ނިކުތްއިރު އޭނާގެ އުމުރުން 17 އަހަރާއި 118 ދުވަހެވެ. އެގޮތުން ޕެލޭ އާއި އެޑޫ އަދި ކުޓީނިއޯއަށްފަހު، އެންމެ ޅަ އުމުރުގައި ގައުމީ ޖާޒީ އެޅި ކުޅުންތެރިޔާއަކީ އެންރިކްއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.