Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

07 Dec 2023
ޚަބަރު

ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށް ބުނެވޭ: ރައީސް

ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށާއި، ކޮރަޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ވާހަކަފުޅުގައެވެ.

ކޮރަޕްޝަންގެ އަމަލުތައް އުފެދޭ ގޮތާއި އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަހަމަގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖައަކަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ ބުުނުން ނިސްބަތްވަނީ ހުދު ގިރުވާނަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ، ތިމާގެ އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ ކަމެއް ކަމަށެވެ. 

"މިކަމުގައި ބައެއްފަހަރަށް ދެފަރާތެއް ހިމެނޭކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން ވިސްނާލަންވާނެ. އެއީ، ކަމަކަށް ބޭނުންވާ މީހާއާއި، އެ ބޭނުމެއް ފުއްދައިދޭން ހުންނަ މީހާ. ބޭނުންވާ މީހާ، ކަން ކުރަންވީގޮތަކީ އުސޫލުން ބޭރުން އެކަމަކަށް ނޭދުން. އޭރުން އެ ޚިދުމަތް ދޭން ހުންނަ މީހާއަށް އެކަމުގައި އެއްވެސް ތަކުލީފެއް ކުރިމަތިކުރުމުގެ ފުރުޞަތެއް ނުލިބޭނެ. އޭރުން އެ ބަންދުކޮށްލެވެނީ، ކޮރަޕްޝަނަށް ހުޅުވޭ ވަރަށް ފުޅާ ދޮރެއް."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮރަޕްޝަނާއި ދެކޮޅަށް ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ ޝިއާރު، ދުނިޔެއިން ކޮރަޕްޝަން ނައްތާލުމުގައި އެއްބައިވުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެޝިޢާރުން އެނގެނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށްވުމާއި، ކޮރަޕްޝަނާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަންޖެހޭކަންކަމަށެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކޮންމެ އަހަރެއްގެވެސް އެންޓި ކޮރަޕްޝަން ދުވަހަކީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.