Advertisement

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ---

07 Dec 2023
ޚަބަރު
ނޫން

ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ހަތް އަހަރަށް ފަހުގައި އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އޭނާ ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި އަލީ ވަހީދު އެމްޑީޕީއާ ގުޅުމާއި ގުޅޭ ގޮތުން އެމްޑީޕީން ވަކިއެއްޗެއް މިހާތަނަށް ބުނެފައި ނުވާއިރު، އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން ސޯޝަލްމީޑިއާގައި ބައެއް މީހުން ވަނީ އެކަމަށް އެމްޑީޕީއަށް ފާޑުކިޔާފައެވެ. ސިޔާސީ ޕާޓީތަކަށް ވަނުމަކީ، ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދީފައިވާ ޙައްޤަކަށް ވާއިރު ވަކިމީހަކާއި މެދު ތަފާތުކޮށް، ސިޔާސީ ޕާޓީއަކަށް ވަކިމީހަކު ވަނުމަށް ހުރަސް އެޅުމަކީ ނުވަތަ އެކަމާއި ދެކޮޅު ހެދުމަކީ ޤާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް އޮންނާ ބާރެއް ނޫނެވެ.

ޢަލީ ވަހީދަކީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް އަލީ ވަހީދުގެ މައްޗަށް ކުރެވުނު އެތުހުމަތުތައް ސާބިތު ވެފައެއް ނުވެއެވެ. އަދި އިނގިރޭސި ވިލާތުގައި އޭނާ ހުންނެވި އިރު އެޤައުމުގެ އިމިގްރޭޝަން ޤާނޫނުތަކާއި އަލީ ވަހީދު ޚިލާފުވިކަމަށް ބަލައި ހައްޔަރު ކުރި ނަމަވެސް އެ ހައްޔަރުކުރުމަކީ ޣައިރު ޤާނޫނީ ގޮތުން ކުރި ހައްޔަރެއްކަމަށް އިނގިރޭސި ވިލާތުގެ ކޯޓުން ކަނޑައެޅުމާއިއެކު، އިނގިރޭސި ސަރުކާރުން ވަނީ ރަސްމީގޮތުން އަލީ ވަހީދުގެ ކިބައިން މަޢާފަށް އެދި އޭނާއަށް ބަދަލުގެ ގޮތުގައި ވިހިހާސް ސްޓާލިންގ ޕައުންޑް ދިނުމަށްވެސް ނިންމާފައެވެ.

ޢަލީ ވަހީދު، އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިޢުލާނު ކުރައްވައި އޭނާ ލިޔުއްވި ޕޯސްޓްގައި ވިދާޅުވީ، އިރާދަފުޅުން އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދު އެންމެ ފުރަތަމަ ސިޔާސީ މައިދާނަށް ނުކުންނެވީ ރައީސް މައުމޫނާއި އެކުގައި ޑީއާރްޕީންނެވެ. ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރައްވައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތެވެ. އެހެން ނަމަވެސް ޑީއާރްޕީއަށް ވެރިކަން ގެއްލުމަށްފަހުގައި 2010 ވަނައަހަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުވެސް ފުރުއްވި ޢަލީ ވަހީދު 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހުގައި އެޕާޓީގެ ރައީސް ކަމުގެ މަޤާމުވެސް ފުރުއްވިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ވަޑައިގެންނެވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައެވެ. އަދި ކޯވިޑް-19ގެ ޢާލަމީ ވަބާގެ ތެރޭގައި ޢަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާއި އެކުވެސް އޭނާ މަޤާމުން އިސްތިއުފާ ނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ޢަލީ ވަހީދު ވަކިކުރެއްވީ، 2020 ޖުލައި 9 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.