Advertisement

ފޮޓޯ: ރައީސް އޮފީސް

07 Dec 2023
ޚަބަރު

ފަސްޓް ލޭޑީއަށް ވަޒީފާގައި ހުރެވޭނެކަމަށް އެންގި އުސޫލާއި ގުޅިގެން ސީއެސްސީ މަޖީލީހަށް ހާޒިރުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނަވަން ހެދި އުސޫލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަން ހާޒިރުކުރަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

މި މައްސަލަ ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ ވިދާޅުވީ، ސާޖިދާއަށް އުސޫލެއް ކަނޑައަޅާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވަންޓުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

ޔައުގޫބްގެ މައްސަލައާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، އެ އުސޫލުގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ގެއްލި، ނިކަމެތި ކަމެއް ލިބިފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކުރީ އަންނަ ހޯމަ ދުވަހު، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.

ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދެވި ސާޖިދާއަކީ ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ބޭފުޅާ އެވެ. އެ ދާއިރާއަށް ހިދުމަތް ކުރައްވަން އެކަމަނާ ބޭނުންފުޅުވާތީ، ފަސްޓްލޭޑީގެ ޒިންމާތަކާ އެކު އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވިއެވެ. އެއާއެކު، ސީއެސްސީން ވަނީ އެ އޮތޯރިޓީގައި މަސައްކަތް ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.