Advertisement

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުން -- ފޮޓޯ: އިންފްރާސްޓްރަކްޗަރ

07 Dec 2023
ޚަބަރު
ނޫން

އަމީނީ މަގުގެ ބާކީ ބައިގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ

އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ކަމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.

އެކުންފުނިން ބުނީ، އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި އޮތް ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ފެށުމަށްޓަކައި، ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި މިގޮތުން އެސަރަހައްދުގެ ޓްރެފިކަށް ގެނެވޭ ބަދަލުތައް، ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ހިއްޞާކުރާނެ ކަމުގައި އާރްޑީސީން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުގެ ދައުރުގައި އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާލުމަށް މަސައްކަތް ކުރި ނަމަވެސް ބައެއް ސަބަބުތައް މެދުވެރިވެގެން އެމަގުގެ އެންމެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް އޮތީ ނުނިމިއެވެ. އަދި އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް އަވަށް ނިންމުމަާއި ގުޅޭ ގޮތުން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން މިހަފްތާގައި ވަނީ މަޝްވަރާކޮށްފައެވެ.

އަމީނީ މަގަކީ މީގެކުރިން އަޑިގުޑަންތަކާއި ހެދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވެފައިވާ މަގެކެވެނަމަވެސް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންގޮސްފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.