Advertisement

ފޮޓޯ: ޕީއެންސީ

07 Dec 2023
ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ކޯލިޝަނުން ހުޅުވާލައިފިއެވެ. ޕްރޮގްރެވިސް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮންގްރެސްގެ 2 ޕާޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް މިއަދުން ފެށިގެން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

ކޯލިޝަންގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަންޖެހޭނަމަ ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 4 އަކަށް ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ ފޯމު ހުށައަޅާ ތަރުތީބުންކަމަށް ވަނީ ބުނެފައެވެ. 

ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް: 

- 10 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވުން.

- ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަނުކުރެވޭގޮތައް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުން.

- ޤާނޫނު އަސާސީއާއި ގާނޫނުތަކުން ބުނާ ޝަރުތުތައް ހަމަވުން.

އިތުރު ކަންކަމަށްވެސް ބަލާނެ. އެއީ:

- އަބުރުވެރި ނަޒާހަތްތެރި ފަރާތެއްކަމުގައި ވުން. 

- މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ފަރިތަ މިންވަރު.

- ޕާޓީއަށް ހިދުމަތް ކޮށްފައިވާ މިންވަރު.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.