Advertisement

05 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފައިސާއަށް ވުރެން ނިޒާމްބެއަށް މުހިންމުވީ ދިވެހި ފުޓުބޯޅަ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭތީ، މުބާރާތްތައް ރާވައި އިންތިޒާމުކުރާނެ ގާބިލުކަން އެފްއޭއެމްގެ ކިބައިގައި މިވަގުތު ނެތުމުން، އަމިއްލަ އިސްނެގުމަކަށް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ، ފުޓުބޯޅަ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ނެގުމަށް ނިންމައިފިއެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ކްލަބް، އަދި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ވެސް ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ނިޒާމްބެ މި މަސައްކަތާ ހަވާލުވުމަށް ނިންމީ މި ވަގުތު ފުޓްބޯޅަ އޮތް ހާލަތައް ބަލައި، އެ މުބާރާތް ނުބޭއްވިދާނެކަމުގެ ބިރު އޮތުމުންކަމަށް ނިޒާމްބެ ބުނެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

މުބާރާތް ހިންގުމުގެ ޒިންމާގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނިފައިވެއެވެ. އޭގެ ތެރޭގައި މުބާރާތައް ސްޕޮންސަރޝިޕް ހޯދުމާއި ރެފްރީން ހޯދުމާއި މެޗު ކޮމިޝަނަރުންނާއި މެޗާ ގުޅޭ އިދާރީ އަދި ޓެކްނިކަލް އެހެން މަސައްކަތްތަކަށް ބޭނުންވާ އޮފިޝަލުން ހޯދުމަކީ މުބާރާތް އިންތިޒާމު ކުރާ ފަރާތުގެ ޒިންމާ އެކެވެ. މީގެ އިތުރުން މުބާރާތް މާކެޓްކުރުމުގެ ޒިންމާ އަދާކުރުމަކީވެސް މުބާރާތްބާއްވާ ފަރާތުގެ ޒިންމާއެކެވެ.   

އެފްއޭއެމްގެ މުބާރާތްތައް ހިންގަމުން އައިސްފައިވަނީ އެ

އެސޯސިއޭޝަންގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުންނެވެ. ނަމަވެސް އެ ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި އަދި އެފްއޭއެމްގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ، މީގެ ތެރެއިން ގިނަ މުވައްޒަފުން މިހާރުވަނީ އެފްއޭއެމް ދޫކޮށް އެހެން ވަޒީފާތަކަށް ބަދަލުވެފައެވެ. 

ކުރިން މި މުބާރާތް ބޭއްވުމަށް ރާވާފައިއޮތީ، ހުސްވި ނޮވެމްބަރ މަހުގައެވެ. ނަމަވެސް އެފްއޭއެމްގެ މުވަޒަފުން މަސައްކަތަށް ނުނިކުންނާތީ މުބާރާތުގެ ކަންތައްތައް އޮތީ ކުރިޔަށް ނުގެންދެވިއެވެ. 

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ހިންގުމަށް ނިޒާމްގެ އިސްނެގުމުގެ ކުރިން، އެފްއޭއެމްއިން ވަނީ ވެޓަރަންސް ފުޓުބޯޅަ މުބާރާތާއި އުމުރުފުރާތަކުގެ ފުޓްބޯޅަ މުބާރާތްތައް ބާއްވާ، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ މި މުބާރާތް ބޭއްވުމުގެ މަޝްވަރާތައް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ މަޝްވަރާތަކަށް އަމަލީ ސިފައެއް އައިސްފައިނުވަނީ، މުބާރާތާއި ގުޅޭ ހަރަދުތައް އެފްއޭއެމްއަށް ކުރެވެން ނެތުމުންކަށް، “ނޫން” އަށް މައުލޫމާތު ލިބިފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.