Advertisement

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު -- ފޮޓޯ: މިފްކޯ

19 May 2023
ވިޔަފާރި
ޢަލީ ސުލައިމާން

ކުރީ އަހަރުތަކާއި ނުބައްދަލު މިންވަރަށް މި ފަސްއަހަރު މިފްކޯގެ ކެޕޭސިޓީ ވަނީ މަތިކުރެވިފައި: އަމީރު

ކުރީ އަހަރުތަކާއި ނުބައްދަލު މިންވަރަށް މި ފަސްއަހަރުގެ ތެރޭގައި މިސަރުކާރުން ވަނީ މިފްކޯގެ ކެޕޭސިޓީ ވަނީ އިތުރުކޮށްފައި ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ މިފްކޯއަށް މަސްކިރުވުމަށްޓަކައި މިދިޔަމަހު ރާއްޖެ ގެނައި ބޯޓު ޖަޒީރާ 3 އަށް މަސްގަންނަން ފެށުމަށް ޓަކައި ބުރާސްފަތި ދުވަހު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިސަރުކާރު އައިފަހުން މިހާތަނަށް ކުރެވެނު މަސައްކަތްތަކުގައި މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މިގޮތުން އަމީރު ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުވީ އޭގެ ކުރީގެ ހުރިހާ އަހަރުތަކުގައި ކެޕޭސިޓީ އުފެއްދުނު މިންވަރާ ނުބައްދަލު މިންވަރަކަށް ކަމަށެވެ. އަދި 2018ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާ އަޅާބަލާއިރު، މިހާރު ގާތްގަނޑަކަށް 241 ޕަސެންޓް ކެޕޭސިޓީއަށް އިތުރުކުރެވިފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

2018 ވަނަ އަހަރު ނިމުނުއިރު މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީއަކީ 80 މެޓްރިކް ޓަނެވެ. އިއްޔެ ޚިދުމަތަށް ނެރުނު ޖަޒީރާ 3 އާއިއެކު މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީވަނީ 290 މެޓްރިކްޓަނަށް މަތިކުރެވިފައެވެ. އަދި އަލަށް ގެނައުމަށް ހަމަޖެހިފައިވާ ތިން ބޯޓު ގެނެވުމާއި އެކު އެއަދަދު 500 މެޓްރިކްޓަނަށް މަތިވާނެކަންވެސް ފިނޭންސް މިނިސްޓަރ އަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނިމިގެން ދިޔަ 2022 ވަނަ އަހަރަކީ، މިފްކޯއިން މަސްވެރިންގެ އަތުން އެންމެ ގިނައިން މަސްގަނެ އަދި މަސްވެރިންނަށް އެންމެ ގިނަ ފައިސާވެސް ދޫކުރި އަހަރެވެ. ނިމިދިޔަ އަހަރު މިފްކޯއިން މަސްވެރިން ކިރުވި މަހަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.