Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ، މަޖިލީހުގެ ރިޔާސަތުގައި ---

02 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ މަޤާމުން ވަކިކުރުމުގެ މައްސަލަ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ނިޒާމްގެ ތެރެއިން އިތުބާރު ނެތްކަމުގެ މައްސަަލަ ކުރިޔަށް ނުގެންގޮސް ހިފަހައްޓާފައި ވަނިކޮށް އެފަހަރު އެމްޑީޕީން އެމައްސަލަ އަނބުރާ ނެގީއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ހުށައެޅީ މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއިއެކުގައި ހުސްވި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ނުދިނުމަށް، މަޖިލީހުގެ ނިޒާމްތަކުގެ ތެރެއިން އީވާ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އާލާސްކަންފުޅުއްވާ އުޅުއްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާތަަކަށް ސަލާމް ފޮނުއްވަމުން ގެންދަވަނިކޮށް އެމްޑީޕީން ސްޕްރީމްކޯޓަށް ގޮސް އެމައްސަަލައަށް ހައްލެއް ހޯދިއެވެ. އަދި މަޖިލީހުގެ ތެރޭގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގު ފަހިވެ ޖަލްސާ އެޖެންޑާ ކުރުމާއިއެކު، ރައީސް ނަޝީދު ވަނީ އެންމެ ފަހުން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދީފައެވެ.

އިވާގެ މައްޗަށް ހުށައަަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ފާސްކުރާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.