Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

02 Dec 2023
ޚަބަރު
ނޫން

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ މައުލޫމާތު ހާމަކުރެއްވުމަށް ނިންމަވައިިފި

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ހިނގާ ޚަރަދު ތަފްސީލްތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

އެއޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ދަތުރުތަކުގެ ޚަރަދު ތަފްސީލްތައް ހާމަކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކެމްޕޭނު ކުރެއްވިއިރު، ކުރައްވާނޭ ކަމަށް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމެކެވެ. އަދި ސަރުކާރު ހިންގަވާނީ ދެފުށްފެންނަ ގޮތަށް ކަމުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް، ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމަށް ފަހުގައި، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ، ހުސްވި ނޮވެމްބަރު މަހުގެ 26 އިން 29އަށް ތުރުކީ ވިލާތަށެވެ. ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި، އިސްތަންބުލްއިން އެމަނިކުވާނު ވަޑައިގެންނެވީ ދުބާއީއަށެވެ. މިހާރު އެމަނިކުފާނު ދުބާއީގައި ހުންނެވީ، ކޮޕް-28ގެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދާއި ގުޅޭ ގޮތުން އޭރު އިދިކޮޅުގައި ތިއްބަވައިގެން، ޑރ. މުއިއްޒާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުން ފާޑުކިޔަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.