Advertisement

ފިތުރޯނު ސްމާޓް ޕާކިންގ ޒޯން -- ފޮޓޯ: އާބަންކޯ

18 May 2023
ވިޔަފާރި
ޢަލީ ސުލައިމާން

ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ޕާކިން ޖާގަ ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

އާބަންކޯއިން ހުޅުމާލޭގައި ތަރައްޤީކުރި، ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ޕާކިން ޖާގަ ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެކުންފުނިން ބުނީ، ތިން އަހަރުގެ މުއްދަތަކަށް ޕާކިން ޒޯޯނުން ޖާގައެއް ކުއްޔަށް ހިފުމަށް ބީލަން ފެށޭ އަގަކީ، 1500ރ ކަމަށެވެ. މިގޮތުން ބީލަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ޕާކު ކުރަން ހުށައަޅާ އުޅަނދަކީ ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަދަކަށްވުމެވެ.

މީގެ އިތުރުން މީގެ ކުރިން ހުޅުމާލެއިން ޕާކިން ޖާގައެއް ލިބިފައިވާ ފަރާތަކަށް ނުވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ހުޅުމާލެ ފެރީޓާމިނަލް ކައިރީގައި ހަދާފައިވާ، ފިތުރޯނު ސްމާޓް ޕާކިންގ ޒޯނަކީ، 23އަށް ވުރެ ގިނަ ކާރު ޕާކު ކުރެވޭ، އަދި ޕާކުކުރާ އުޅަނދުތައް 24 ގަޑިއިރު މޮނިޓަރކޮށް ބެލެހެއްޓޭ ޕާކިންގ ޒޯނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.