Advertisement

ވެރިކަންކުރާ ޕާޓީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަނީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން އެމްޑީޕީގެ މެމްބަރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް އޮތް ތިން ދުވަހު ހަރަކާތްތެރިވާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ، އެމްޑީޕީން މިމަހުގެ 18 އިން 20އަށް ހުރިހާ ދާއިރާއަކަށް ކުރާ ދަތުރުަގައި މާލެއިން އަތޮޅުތަކަށްވެސް 400 އަށްވުރެ ގިނަ މެމްބަރުން ދަތުރު ކުރާނެ ކަމަށެވެ. އަދި ރަށްރަށުންވެސް 600އެއްހައި މެމްބަރުން މިހަރަކާތްތަކުގައި ބައިވެރިވާނެ ކަމުގައި އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިދަތުރުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދައެއް ނެގުމުގެ ހަރަކާތެއް ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން އެމްޑީޕީއަށް މެމްބަރު އިތުރު ކުރުމުގެ ހަރަކާތްތަކާއި، ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތްތަކެއްވެސް އަތޮޅުތެރޭގައި ކުރިޔަށްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތީޚާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމަށް ތައްޔާރުވަމުން ދާއިރު، އެޕާޓީގެ ހަރަކާތްތައް އިތުރުކޮށް މެމްބަރު އިތުރު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ލެއްވުމަށްޓަކައި އައު ޕާޓީއެއް އުފައްދާނެކަން އިޢުލާނުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.