Advertisement

ރައީސް ޔާމީނާއި ޑރ. ޖަމީލް ޕީއެންއެފްގެ އޮފީސް ހ. ހުރަފައިގައި ---

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ނައިބު ރައީސް ޑރ. ޖަމީލުގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތަށް ޖަމީލު ރައްދު ދެއްވައިފި

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ޑރ. ޖަމީލުގެ ބޮލުގައި އެޅުވި ތުހުމަތުތަކަށް، ރައިސް ޔާމީނުގެ ޤާނޫނީ ވަކީލު އަދި ރައީސް ޔާމީނުގެ ފުރަތަމަ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދު ދެއްވައިފިއެވެ.

އޮންލައިން ނޫސް މިހާރަށް ދެއްވި ބަސްދީ ގަތުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެފައި ވަނީ، ޑރ. ޖަމީލަކީ ރައީސް ޔާމީނަށް އިޚްލާސްތެރި ބޭފުޅެއް ނޫންކަމަށާއި އެކަމުގެ ހެކި ހުރިކަމަށެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި، ޑރ. ޖަމީލް ވަނީ ޕީޕިއެމް ޕީއެންސީގެ ލީޑަރޝިޕަށް ކަންތައްތަކެއް އޮޅުވާލާފައި  ކަމަށާއި އެކަމުގެ ހެކިތައް އެބަހުރި ކަމަށް ހުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން، އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައި ޙުސައިން މުޙައްމަދު ލަޠީފަކީ ރައީސް ޔާމީނާއި ވަރަށް އަރިހުގައި އުޅުއްވި ބޭފުޅެކެވެ.

މިހާރު ނޫހަށް ދެއްވި ބަސްދީގަތުގައި، ޑރ. މުހައްމަދު ޖަމީލު އަޙްމަދުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި، ޑރ. ޖަމީލު ވިދާޅުވީ، އެމަނިކުފާނުގެ ކުށަކީ، ހުރިހާ ބޭފުޅުން ރައީސް ޔާމީނު ދޫކޮށްލި ވަގުތުގައި އެމަނިކުފާނާއި އެކުގައި ހުންނެވުންތޯ ސުވާލު ކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެން ޙުސައިން މުޙައްމަދު ލަޠީފް ދެއްކެވި ވާހަކަތަކާއި މެދުވެސް ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި މައްސަލަ ޖެހި، ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވުމުން، ސަރުކާރުގެ އިސް ހުރިހާވެރިންނާއި މިނިސްޓަރުން އަދި ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ، ރައީސް ޔާމިނާއި އެކު މިވަގުތު ތިއްބެވި، ޑރ. މުހައްމަދު ޖަމީލް އަޙްމަދާއި އަދި މުހައްމަދު މަލީހާއި ދިމާކޮށްލާފައެވެ. މިގޮތުން ކުރިން ރައީސް ޔާމީނާއި ދެކޮޅަށް، ޑރ. ޖަމީލާއި، މަލީހް ދައްކަވާފައި ހުރި ވާހަކަފުޅުތައް ސޯޝަލްމީޑިއާގައި ދަނީ ފަތުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.