Advertisement

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު --- ފޮޓޯ: މަޖިލިސް

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ މެމްބަރުގެ އަދަދު ލިމިޓްކުރަން ފާހެއް ނުވި

އެއްދައުރުން އަނެއް ދައުރަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ އަދަދު އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓްކުރަން ހުށައެޅި ހުށައެޅުން ފާސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76އަށް އިތުރު ނުވާނޭ ގޮތަށް ލިމިޓްކުރުމަށް، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާޙް ހުށައެޅުއްވީ، އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު މިހާރު، ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލްކުރައްވާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

މިއަދުގެ ޖަލްސާގައި މިއިސްލާހަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން އިސްލާހް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. 38 މެމްބަރުން ވޯޓު ދެއްވީ އެއާ ދެކޮޅަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 82 މެމްބަރުންނެވެ. އެހެން ނަމަވެސް މިހާރު ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައަށެވެ. އަދި ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު 6 ގޮނޑިއެއް އިތުރުވާއިރު، މިއަންނަ ދައުރުގައި މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު ކަނޑައަޅާފައި އޮންނަނީ އާބާދީގެ ނިސްބަތުން ކޮންމެ 5000 ރައްޔިތުންނަށް އެއް މެމްބަރަކުން ހުންނަ އުސޫލުންނެވެ. އެހެން ނަމަވެސް މިއީ އެންމެ ހަމަޖެހޭ ގޮތް ނޫކަމަށް ބުނެ އެގޮތް ބަދަލުކުރުމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުންވެސް ދަނި ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.