Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ޖަލްސާތައް ޑިސެމްބަރު 7 އާއި ހަމައަށް ކުރިޔަށް ގެންދިޔުމާއި ދެކޮޅަށް ވޯޓުދެއްވީ ސިޔާމް އެކަނި

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރު ޑިސެމްބަރު 7 އާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ އެންމެ ފަހު ޖަލްސާ ކުރިން އޮތް ގޮތުން ބާއްވަން އޮތީ މިމަހުގެ 29 ވާ ބުދަ ދުވަހުގައެވެ. އެހެން ނަމަވެސް ބަޖެޓްގެ މަސައްކަތްތަކާއި މަޖިލީހުގެ އެހެން ބައެއް މަސައްކަތްތައް ނުނިމި ހުރުމާއިއެކު އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ރިޔާސަތުން ހުށައަޅުއްވައި އެގޮތަށް ފެނޭތޯ މެމްބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް ވޯޓަށް އެހުމުން، 51 މެމްބަރުން ވޯޓު ދެއްވީ، ޑިސެމްބަރު 7 ވަނަ ދުވަހާއި ހަމައަށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ފެންނަ ކަމަށެވެ. 6 މެމްބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވި އިރު، މިދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވޯޓު ދެއްވީ ދެކޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިންމައި ޗުއްޓީއަށް ދިޔުމުގެ ކުރިން، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން ޖެހޭނެއެވެ. 

ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށްފަހުގައި ދެން މަޖިލީހުގެ ދައުރު ފަށާނީ، 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އެއީ މިހާރު ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.