Advertisement

މެދު ފާރުތަޅާލައި އެއްކޮށްލި ދެ ފްލެޓްގެ އެތެރެ --- ފޮޓޯ: ޓްވިޓާ

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

އެއްކޮށްލި ދެފްލެޓް އަތުލަށް އާބަންކޯއިން ނޯޓިސްދީފި

ހިޔާފްލެޓްގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލައިގައި ފްލެޓްގެ ވެރިފަރާތްތައް 200000ރ އިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި ފްލެޓްގެ ތަޅާލި ފާރު އަލުން ރޭނުމަށް އެންގުމުން އެކަންވެސް ކޮށްފައި ނުވާތީ 14 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އެ ދެފްލެޓްގެ ވެރިފަރާތަށް އާބަންކޯއިން އަންގައިފިއެވެ.

ތަން ހުސްކުރުމަށް އާބަންކޯއިން ދެ ފުލެޓްގެ ވެރިފަރާތަށް ނޯޓިސް ފޮނުވާފައި ވަނީ މިއަދުއެވެ.

ދެފްލެޓް އެއްކޮށްލައިގެން އެންމެ ޒަމާނީ ފެންވަރަށް އެތަން ހަދާފައިވާއިރު، ދެފްލެޓްގެ މެދުފާރު ތަޅާލާފައި ވަނީ އާބަންކޯގެ ހުއްދަ ނެތިއެވެ. މިތަނުން އެއް ފްލެޓަކީ، "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ ފްލެޓްކަން އެނގިފައިވެއެވެ. އަނެއް ފްލެޓަކީ، އޭނާގެ އާއިލާ މީހެއްގެ ފްލެޓެކެވެ.

މިއީ ހިޔާ ފްލެޓްގެ އެއްބަސްވުމާއި ޚިލާފުވެގެން ފުލެޓް އަތުލުމަށް ފްލެޓް ލިބިފައިވާ ފަރާތަކަށް ނޯޓިސް ފޮނުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.